ފަލަސްތީނުގެ 560 މީހުން ޝަހީދުކޮށްލައިފި، ޖައްބާރު ޔަހޫދީންގެ 800 މަރު

ފަލަސްތީނަށް މިނިވަން ކަން ހޯދައި ދިނުމަށް އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުގައި ހަނގުރާމަ ކުރަމުން އަންނަ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލިއަކަށް ފެށި އޮޕަރޭޝަންގައި، ފަލަސްޠީނުގެ 560 މީހުން ޝަހީދުވެއްޖެއެވެ. އަދި 2750 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

Palestinians who fled their homes amid Israeli strikes, shelter in a United Nations-run school, in Gaza

ޔަހޫދީންގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ގެދޮރު ގެއްލި، އ.ދ ގެ ބެލުމުގެ ދަށުން ސްކޫލެއްގައި ކޭމްޕްކޮށްފައި


އިސާނިއްޔަތު ކަމެއް ނެތް ޔަހޫދީންގެ އަޅުވެތި ކަމަށް ނިމުމެއް ގެނައުމަށް ހަމާސްއިން 'އޮޕަރޭޝަން އަޤްޞާ ފްލަޑް’ގެ ދަށުން، ކުއްލިއަކަށް 5000 ރޮކެޓު އިޒުރޭލާ ދެކޮޅަށް ފޮނުވާލައި، ކުއްލިއަކަށް ފަށާފައިވާ ޚާއްޞަ އަސްކަރީ ކެމްޕޭންގެ ދަށުން އިސްރާޢީލުގެ ދެކުނުގައިވާ ރަށްތަކަށް އަމާޒުކޮށް ގިނަ ޢަދަދެއްގެ ރޮކެޓް ހަމަލާތަކެއްވަނީ ދިނެވެ.

މި މިހާރު ކުރެވެމުންދާ ހަނގުރާމައިގައި، ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ފަލަސްޠީނުގެ 560 މީހުން ޝަހީދުކޮށްލާފައެވެ. ޔަހޫދީންގެ 800 އަށްވުރެ ގިނަ މީހުން މަރައިލާފައިވާއިރު، 2،243 އަށް ވުރެ ގިނަ ޔަހޫދީން ވަނީ ޒަޚަމްކޮށްލާފައެވެ.

As Palestinians Rebuild Following the Latest War Between Israel and Hamas, Housing Will Take Center Stage | Architectural Digest

ޔަހޫދީންގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ގެދޮރު ގެއްލިފައި


އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްޠީނުގެ މީހުން މިނިވަން ކުރަން ގޮވާލެވޭ ވަރަށް، އެ ޖަމާޢަތުން މިހާރު އިސްރާއީލުގެ ސިފައިން އަތުލައިގަނެފައިވާކަމަށްފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ބުނެފައިވެއެެވެ.

ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ