29 އެޕްރީލް 2025

ފަލަސްތީނާއެކު ދިވެހިން: ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފި

އަނިޔާވެރި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ހިތްދަތިކަމުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން، 'ދިވެހިން ފަލަސްތީނާ އެކު’ގެ ނަމުގައި މާލޭ މަޖީދީމަގުގައި ރޭ ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.

ރަސްފަންނު ބީޗުން ރޭ 8:30 ހާއިރު ފެށި މި ހިނގާލުން ހެންވޭރު ދަނޑުން ނިންމާލާފައިވާއިރު، އެއްވުމުގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ އާއި ޕޯސްޓަރުތައް ހިފައިގެން ތިބެ އެމީހުންގެ ޝުއޫރު ފާޅުކޮށްފައިވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި އިތުރު ބައެއް ޖަމިއްޔާތައް ގުޅިގެން ބޭއްވި އެ އެއްވުން ނިންމާލީ ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ކުރެވުނު ދުޢާ އަކުންނެވެ.

ދިވެހީންގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި އެއްވުމުގައި ދިވެހިން ވަނީ ހަރުއަޑުން ތަކުބީރު ކިޔައި، ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި ފަލަސްތީނު މިނިވަންކުރުމަށް އަޑުއުފުލައިފައެވެ.

އިޒްރޭލުގެ ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް ހަދައި އެ ޤައުމު ބޮއިކޮޓް ކުރުމަށް ވެސް ހިނގާލުމުގެ ބައިވެރިން ގޮވާލަމުން ދިޔައެވެ.

"ފަލަސްތީނާއެކު ދިވެހީން" މިނަމުގައި މާލޭގައި އާޓިފިޝަލް ބީޗުގައި ކުރީ ހުކުރު ދުވަހު ވެސް އެއްވުމެއް ބޭއްވިއެވެ.

ފަލަސްތީނަށް އެހީވުމަށް އައިއޭސީ މި މަހުގެ 8 ވަނަ ދުވަހު ހުޅުވާލި ފަންޑަށް، މިހާތަނަށް 13 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދިވެހިން ވަނީ ލިބިފައެވެ. އަދި އެ ފައިސާއިން އައިއޭސީން އަންނަނީ ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު