ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ލިބެންދެން ދިވެހިން ތިބޭނީ އެ ޤައުމާ އެކުގައި ކަމަށްް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް އެކްސްގައި ޢަރަބިބަހުން ޙިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި ތިބުމާއި، އެ ޤައުމުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަށް ދައްކައި އަލް އަޤްސާ މިސްކިތް ދިފާއުކުރުމަކީ ވޭދުވެދިޔަ 70 އަހަރު ރާއްޖެއާއި ދިވެހިން ސިޔާސާތުކަމަށެވެ.
" ރާއްޖެއިން ވޭތުވެދިޔަ ހަތްދިހަ އަހަރެއްހާ ދުވަހު ފަލަސްތީނާއިއެކު ތިބެފައިވާގޮތް އެ ގައުމުގެ މިނިވަންވުމާ ހަމައަށް ދިވެހިން ވާނީ ފަލަސްތީނާއެކު." ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ އެމަނިކުފާނުގެ ޓުވިޓާގައި ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރް އަރަފާތު، ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ހިއްސާކުރައްވާފައެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކައި ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުން އޮކްޓޫބަރު 6 ގައި ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާފައެވެ.
އެމަނިކުފާނު ފަލަސްޠީނުގެ މުޖާހިދުންނަށް ހިތްވަރު ދެެއްވައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކާ ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުން އޮކްޓޫބަރު 7 ގައި އާހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރާ ކަމަށެވެ.
"ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް އަނބުރާ ހޯދުމަށްޓަކާ ފަލަސްޠީނުގެ ހިތްވަރުގަދަ މުޖާހިދުން އިއްޔެ އޮކްޓޫބަރު 7 ގައި އާހިތްވަރަކާއެކު ފެށި ވަރުގަދަ ޖިހާދަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން." ފަލަސްޠީނުގެ ރައްޔިތުން ޙައްޤުގައި އެމަނިކުފާނުގެ ޒަޢާމަތުގައި ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުއްލެވި، ރައީސް މައުމޫން ވިދާޅުވިއެވެ.
ޙަމާސް ޖަމާޢަތުން ކޮންޓްރޯލްކުރާ ޣައްޒާއަކީ ފަލަސްޠީނުގެ 2.3 މިލިޔަނެއްހާ މުސްލިމުން ދިރިއުޅޭ ސަހަރުކަމަށްވީނަމަވެސް އެތަނުގެ ވަށައިގެން ޔަހޫދީ ޓެރެރިސްޓުން ފެންސް ޖަހައި ބަންދުކޮށްފައިވުމުން، ޣައްޒާގެ ރައްޔިތުންނަށް އެ ރަށަށް ވަދެނިކުމެ ހެދެނީ ޔަހޫދީ ސިފައިންގެ ޗެކްޕޮއިންޓުތައް ހުރަސް ކޮށްފައެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސްއިން ބުނީ، ޔަހޫދީ އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނު ކުރަން މަޖުބޫރުވީ، ޔަހޫދީ ޖައްބާރު ސިފައިންގެ އަމަލުތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ. މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަޞް މިސްކިތް ކަމުގައިވާ މަސްޖިދް އަލް-އަޤްޞާގެ ހުރުމަތް ކަނޑަމުންދާތީ ކަމުގައެވެ. ޔަހޫދީންގެ ޢާންމުންނާއި ޔަހޫދީ ޖައްބާރު އަސްކަރިއްޔާގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ކެތް ނުކުރެވިގެން ކަމުގައެވެ
ކިޔުންތެރިންގެ ޚިޔާލުތައް:
ސާބަސް މުޖާހިދުން އެކަމު މިރާއްޖޭގެ ސަރުކާރުުން މިޖާހިދުންނަށް ދީފަވާނަމަކީ ހަރުކަށި ފިކުރުގެ މީހުން މިނަމުންނެވެ. އެކަމު އަހަރެން ކިޔާނީ މުޖާހިދުން ސާބަސް ހިތްވަރުކުރޭ ތި ޔަހޫދީންތައް މަރާހުސް ކުރޭ.