Thursday, 12 September 2024

ނިރުބަވެރި ޔަހޫދީން، ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ބާރުގެ ދަށުގައި އޮންނަ ހުޅަނގު އައްސޭރިން 5،000 މީހުން އިންސާނިޔައްތުކަމެއް ނެތް ނިރުބަވެރި ޔަހޫދީ ބާރުތަކުން ހައްޔަރުކޮށްފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާއި ނިރުބަވެރި ޔަހޫދީން ދެމެދު ވަރުގަދަ ހަނގުރާމައެއް ފެށިފައިވާ ދަނޑިވަޅުގައި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން ޔަހޫދީންގެ އިސްތިޢުމާރީ ބާރާ ދެކޮޅަށް ތެދުވުމުން، ބަދަލުކުރި ޙަމަލާތަކުގައި ފަލަސްޠީނުގެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި ހުޅަނގު އައްސޭރީގެ އެކި އަވަށްތަކަށް ވަދެގަނެ ޔަހޫދީ ބާރުތަކުން ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ގޯތިގެދޮރަށް ގެއްލުން ދީފައެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި ހުޅަނގު އައްސޭރިން ހައްޔަރުކުރި އެތައް ހާސް މީހުންގެ ތެރޭގައި ވަޒިފާ އަދާކުރުމަށް ޣައްޒާއިން އެތެރެވެފައިވާ 4،000 މީހުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހުންނަށް ދީފައިވާ ހުއްދަތައް ބާޠިލުކުރުމަށްފަހު ޔަހޫދީ ބާރުތަކުންވަނީ އެ މީހުން ހައްޔަރުކޮށްފައެވެ. މީގެއިތުރުން ހުޅަނގު އައްސޭރިން ދެން ހައްޔަރުކޮށްފައިވަނީ ޔަހޫދީ ބާރުތަކާ ކުރިމަތިލުމަށް ނުކުތް 1،000 މީހުންނެވެ. އެ ކުރިމަތިލުންތަކުގައި 4،000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި، ހަމާސްއިން އިޒުރޭލަށް ފޮނުވާލި މިސައިލުތަކާ ގުޅިގެން އަނިޔާވެރި އިޒުރޭލުގެ ދައުލަތުން ހިންގަން ފެށި ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންނަށް މިވަނީ ހިތްދަތި ދުވަަސްތަކެއް ކުރިމަތިލާންޖެހިފައެވެ. މިހިނގާ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިނގަމުންދާ ފަލަސްތީނު އިސްރާއީލު ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް ފަލަސްޠީނުގެ 4137 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ރަޙްމެއް އިންސާނިއްޔަތު ކަމެއް ނެތް ޒައިނިސްޓް ޔަހޫދީންގެ ވިހަގަދަ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ތެރޭގައި، މީގެތެރޭގައި 1524 ކުޑަކުދިންނާއި 1000 އަންހެނުންނާއި 11 ނޫސްވެރިން ހިމެނޭ ކަމަށާއި، އަދި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށާއި،  މީގެތެރޭގައި 2000 ކުޑަކުދިންނާއި 1400 އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމައެހެންމެ ހައްދުފަހަަނަ އަޅާފައިވާ ލާއިންސާނީ އިސްރާއީލުގެ ޔަހޫދީން ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތަކުގައި 81 މީހަކު ޝަހީދުވެފައިވާއިރު 1300 މީހުން ޒަޚަމްވެފައިވެއެވެ. އަދި 860 އަށް ވުރެ ގިނަ މީހުން އިސްރާއީލުން ހައްޔަރުކޮށްފައިވެއެވެ.

ފަލަސްތީނުން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި 1403 މީހުން މަރުވެފައިވާއިރު، 4629 މީހުން ޒަޚްމުވެފައިވެއެވެ. ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ އިސްރާއީލުގެ 203 މީހުންނެވެ.

މި ހަނގުރާމައަށް 15 ދުވަސްވެފައިވާއިރު އިސްރާއީލުން ވަނީ ޣައްޒާއަށް ފެނާއި ކާނާއި ތެލާއި ގޭހާއި މިނޫންވެސް ޒަރޫރީތަކެތި އެތެރެކުރުން އެއްކޮށް ހުއްޓުވާފައެވެ. މިސްރާއި ފަލަސްޠީން އެއް އިންވާ ރަފަހް ބޯޑަރު ހުކުރު ދުވަހު ހުޅުވާލެވޭނެކަމަށް ކުރިން ބެލެވުނެވެ. އެކަމަކު މަދުވެގެން ދެ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.

ފަލަސްޠީނުގެ ޣައްޒާގެ އާބާދީއަކީ 2.3 މިލިއަން ކަމަށްވާއިރު، މީގެތެރެއިން 1.7 މިލިއަން މީހުން ދިރިއުޅެމުންދަނީ ރެފިއުޖީންގެ ގޮތުގައެވެ. އެބައިމީހުން އުޅެން މަޖުބޫރުވެފައިވަނީ ދަތި ޙާލުގައި ރެފިޔުޖީ ކޭމްޕްތަކުގައެވެ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު