Saturday, 22 June 2024

އިސްރާއީލް ޕާސްޕޯޓް މައްސަލަގައި ގޮތެއް ނިންމާނީ ދިވެހީން އެންމެ ބޭނުންވާ ގޮތަށް: އިންތިޚާބީ ރައީސްގެ އޮފީސް

އިޒްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ މުސްލިމު ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އަނިޔާތަކާ ގުޅުވައިގެން އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓުމާމެދު ގޮތް ނިންމާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށް އިންތިޚާބީ ރައީސްގެ އޮފީހުގެ ތަރުޖަމާން ވިދާޅުވެއްޖެއެވެ.

އިންތިޤާލީ މަސައްކަތްތައް ކުރިއަށްދާގޮތް އާންމު ކުރުމަށް ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެއް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވީ، އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ މައްސަލައަކީ ދިވެހިން ކަންބޮޑުވާ މައްސަލައެއްކަމަށާއި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ މިހެން ހުންނަ ބޮޑެތި މައްސަލަތަކުގައި ދިވެހިން ގޮތް ނިންމެވުންކަމަށާއި، އަދި އެނިންމެވުން ނިންމަވާނީ ދިވެހިންގެ މަސްލަހަތު ހިމާޔަތްވާނެހެން ދިވެހިންގެ އިސްލާމީ ޝަޙްސިއްޔަތު ނެގެހެއްޓުމަށް މަގުފަހިވާނެ ގޮތަށް ކަމަށެވެ.

"އިސްރާއީލު މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާ އެމީހުން އެތެރެވުން މަނާކުރުމަށް އިންތިޚާބީ ރައީސް ނިންމުންތައް ނިންމަވަމުން ގެންދަވާނީ ޚާރިޖީ ދާއިރާއާއި އަދި އެހެން ދާއިރާއަކުންކަމަށްވިޔަސް މިދަންނަވާ އުޞޫލުން، ދިވެހިންގެ މަސްލަހަތު އެންމެ މަތީ ގޮތެއްގައި ހިމާޔަތް ކުރެވޭނެ މަގަށް އަދި ހަމައެހެންމެ ދިވެހިންގެ ދީނާ ދިވެހިވަންތަކަން ނުގެއްލޭނެހެން ދިވެހިން އެންމެ ބޭނުންވާ ގޮތައް" އިންތިޚާބީ ރައީސް އޮފީހުގެ ތަރުޖަމާން ފިރުޒަލް ވިދާޅުވިއެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ލޮބުވެތި މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޖައްބާރު އަނިޔާތަކުގެ ސަބަބުން އެކަން ކުށްވެރިކޮށް، އިސްރާއީލު މީހުން ރާއްޖެއެތެރެވުން ހުއްޓުވުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު