މަނަދޫ އަޒީގެ ޅެންހާރު: ޣައްޒާގެ ޅަދަރީންގެ ޙާލަތާމެދު

* ރާގު: ރާތުބަރުކާހެ މެހްމާއަނދޭރާ….
* ދިވެހި: ރީތިނަލަނަލަ ހަނދެއްކުރި އަލީގައި،


ޙާލު އަދު މިތިބަ ޅަދަދަރީންގެ ފެނިފައި
ގިސްލެވޭ ކަރުނައިން ލޯ ފުރާލާ
މައިބަފައިން ގެއްލި މަގުތައްމަތީގައި ބިކަވެފައި އެތިބެނީ ރޯލަރޯލާ 2
ހައިނުކޮަށްފެނި މި މަންޒަރު އައީމާ ގިސްލެވޭ ކަރުނައިން ލޯފުރާލާ
ޒަޚަމުވެވި ދަށުވެ ގާތަކުތެރޭގައި ލޭތަކާތަތްވެ ކުނިތަކުތެރޭގައި 2
ރަޙްމުނެތްވަރު ލޮލަށްފެނި އައީމާ ގިސްލެވޭކަރުނައިން ލޯފުރާލާ
ކޮންކުށެއްހެއްޔެ އެކުދިންފުށުންވީ؟ އެފަދަ އަނިޔާތެރޭގައި މަރަންވީ 2
ކޮންމެދުވަހެއް މިހެންފެނި އައީމާ ގިސްލެވޭ ކަރުނައިން ލޯފުރާލާ
ޢަދްލުއިންޞާފުވީ ކޮންތަނަކުހޭ؟ އަދުމިދުނިޔޭ ބިމުންނެތިދިޔައިހޭ؟ 2
ގަދަވެ އަނިޔާގެ ވެރިކަންއައީމާ ގިސްލެވޭ ކަރުނައިން ލޯފުރާލާ
އިންތިހައިވޭންހިތަށް ލިބިދަނިއްޔޭ ހިތްހަލާކުވެ މި ކުދިކުދިވަނިއްޔޭ 2
ފެންނަ ކަންތައްތަކަށް ކެތްނުވީމާ ގިސްލެވޭ ކަރުނައިން ލޯފުރާލާ
ޔާއިލާހީ މި މަޢުޞޫމު ޅަދަރީން ފިއްލަވާނދޭ އެ އަނިޔާގެތެރެއިން 2
އާވެ ހިތުގައި ދުޢާ މިފަދައައިމާ ގިސްލެވޭ ކަރުނައިން ލޯފުރާލާ

31 މޭ 2924
* عبدالعزيز قاسم
ލިލީ ނ.މަނަދޫ

 

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *