22 އޮކްޓޫބަރު 2025
ވީއައިއޭގެ ޓާމިނަލް 1އިން ސައުދިއާއަށް ހިދުމަތް ދޭން ފެށުން/ ފޮޜޯ: އެމްއޭސީއެލް

ވީއައިއޭގެ ޓާމިނަލް 1 އިން ސައުދީގެ ގައުމީ އެއާލައިން، ސައުދިއާއަށް ޚިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ސައުދީގެ ގައުމީ އެއާލައިން، ސައުދިއާއަށް ޚިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ސައުދިއާއަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 57 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އަދި ޓާމިނަލް 1 އަށް ކައިރިކުރި ސައުދިއާގެ ފުރަތަމަ މަތިންދާބޯޓު، SV838 އިން ރާއްޖެ އައި 127 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައިވެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މަޢުލޫމާތު ދީފައިވާ ގޮތުގައި ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2016 ވަނަ އަހަރުގެ މާރޗް 30 ވަނަ ދުވަހުއެވެ. އަދި ސައުދިއާއަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި 11 ވަނަ އެއާލައިންކަން އެމްއޭސީއެލްއިން ވަނީ ފާހަގަކޮށްފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު