ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހުޅުމާލޭން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. އާންމުގޮތެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހުށަހަޅާ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ފުރިހަމަ ވަނަވަރެއް ފުލުހުން ހާމަ ނުކުރެއެވެ.
މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ވިދާޅުވީ، 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ރޭ ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.