The trophy of the Africa Cup of Nations (CAN) is pictured on the stage during the CAN 2024 official draw at Parc des Expositions in Abidjan, southeastern Ivory Coast, on October 12, 2023. (Photo by Issouf SANOGO / AFP) (Photo by ISSOUF SANOGO/AFP via Getty Images)

އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެފްރިކާ ކަޕް އޮފް ނޭޝަންސް ފަށައިފި

ދިގު އިންތިޒާރަށްފަހު، އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން) މިއަދު މޮރޮކޯގައި ފެށޭނެއެވެ. އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް މަރުހަބާ ކިޔުމަށް 24 ޓީމާއި، ހަ ސިޓީއަކާއި، ނުވަ ސްޓޭޑިއަމްގެ އިތުރުން ފުޓްބޯޅައަށް ފޯރިހުންނަ މުޅި ގައުމު އޮތީ ތައްޔާރަށެވެ.

ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ބެލެވެނީ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ރަސްމީ ރެހާސަލެއްގެ ގޮތުގައެވެ. އެ އަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމަކީ މޮރޮކޯ ކަމަށްވާއިރު، އެ ގައުމުން ވަނީ މިކަމަށް ތައްޔާރުވުމަށްޓަކައި އެފްރިކާގެ ކުޅިވަރު ތާރީޚުގައިވެސް ނުދެކޭ ފަދަ ވަރުގަދަ އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކެއް ފަށާފައެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އައިވަރީ ކޯސްޓުން މިދިޔަ ފަހަރު އަމިއްލަ ގައުމުގައި ތަށި އުފުލާލީ ގަބޫލުކުރަންވެސް ދަތި ކާމިޔާބީއަކާއެކުގައެވެ.

އަދި ނައިޖީރިއާއިން އުންމީދު ކުރާނީ މިދިޔަ ފަހަރު ފައިނަލުން ބަލިވުމުން ލިބުނު މާޔޫސްކަން ފިލުވާލައި، މިފަހަރު ތަށި ހޯދުމަށެވެ.

ސާޑިއޯ މާނޭގެ ސެނެގާލް 2021 ވަނަ އަހަރުގެ ކާމިޔާބީއަށްފަހު އަނެއްކާވެސް މުބާރާތަށް ނުކުންނައިރު، މިސްރުން އުންމީދު ކުރަނީ މުހައްމަދު ސަލާހުގެ މުސްތަގުބަލާ ބެހޭގޮތުން ދެކެވޭ ވާހަކަތަކުގެ ސަބަބުން ޓީމުގެ ސަމާލުކަން ގެއްލުނަނުދީ، އަށްވަނަ ފަހަރަށް ތަށި ހޯދައި ރެކޯޑް އިތުރަށް ވަރުގަދަ ކުރުމަށެވެ.

ގްރޫޕްތައް:

ގްރޫޕް އޭ: މޮރޮކޯ، މާލީ، ޒެމްބިއާ، ކޮމޮރޯސް

ގްރޫޕް ބީ: މިސްރު، ސައުތު އެފްރިކާ، އެންގޯލާ، ޒިމްބާބުވޭ

ގްރޫޕް ސީ: ނައިޖީރިއާ، ޓިއުނީޝިއާ، ޔުގެންޑާ، ޓެންޒޭނިއާ

ގްރޫޕް ޑީ: ސެނެގާލް، ޑީއާރު ކޮންގޯ، ބެނިން، ބޮޓްސްވާނާ

ގްރޫޕް އީ: އަލްޖީރިއާ، ބުރުކީނާ ފާސޯ، އިކުއެޓޯރިއަލް ގިނީ، ސޫދާން

ގްރޫޕް އެފް: ކެމަރޫން، ގޭބޯން، އައިވަރީ ކޯސްޓް އަދި މޮޒަމްބީކް

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ