ކަރަބައޯ ކަޕްގެ ފައިނަލަށް ދިއުމުގެ ފުރުސަތު ސިޓީ އިން ބޮޑުކޮށްފި

އިނގިރޭސި ކަރަބައޯ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގްގައި ނިއުކާސްޓްލް އަތުން 2 ލަނޑު 0 ލަނޑުން މޮޅުވެ މެންޗެސްޓަރ ސިޓީ ފައިނަލަށް ދިއުމުގެ މަގު ފުޅާކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ނިއުކާސްޓަލް ދަނޑު ޖޭމްސް ޕާކްގައި ކުޅުނު މެޗުގައި ނިއުކާސްޓަލްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭނުން ކުރެވޭ ގޮތެއް ނުވިއެވެ. މި ހާފު ނިމުނީ ދެ ޓީމަށްވެސް ގޯލެއް ނުޖެހިއެވެ.

ނަމަވެސް ސިޓީން ވަނީ މެޗުގެ 53 ވަނަ މިނެޓްގައި ގޯލެއް ޖަހާ ލީޑު ނަގާފައެވެ. މި ގޯލު ޖަހައިދިނީ އެޓީމަށް މި ޓްރާންސަފަރ ގައި ބަދަލުވި އެންޓޯނީ ސެމީނިޔޯއެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ސީޓިގެ ރަޔާން ޗާކީ ގޯލެއް ޖަހާ ލީޑު ފުޅާކުރިއެވެ. ދެވަނަ ލެގު އޮންނާނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ފެބްރުއަރީ 4 ވަނަ ދުވަހުއެވެ.

މެޗުގެ ކުރިން ދެ ޓީމުގެ ކޯޗުން ވަނީ ކަރަބައޯ ކަޕްގެ ބައެއް ކަންކަމާ މެދު ހިތްހަމަ ނުޖެހި ވާހަކަ ދައްކާފައެވެ. އެގޮތުން ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ވަނީ ކަޕްގައި ސެމީ ފައިނަލްގައި ދެ ލެގް އޮންނާތީ އެކަމާ ފާޑުކިޔާފައެވެ. ކަޕްގެ އެހެން ބުރުތަކުގައި އޮންނަ ގޮތަށް އެއް މެޗުން ނަތީޖާ ނެރުމަށް ތާއީދުކުރާ ކަމަށް އޭނާ ބުންޏެވެ.

ނިއުކާސްޓަލްގެ ކޯޗް އެޑީ ހޮވޭ ވަނީ ސިޓީއަށް މި ޖެނުއަރީ މަހު ގުޅުނު ސެމީނިއޯ ކުޅޭތީ ނުރުހުން ފާޅުކޮށްފައެވެ. އޭނާ ބުނާ ގޮތުން ސެމީނިޔޯ ވަނީ ކަޕްގެ ދެވަނަ ބުރުގައި ބްރެންފޯޑް އަތުން ބަލިވެ ބޯންމައުތު ކެޓި މެޗުގައި ކުޅެފައެވެ. ކަޕްގައި އެއް ކުޅުންތެރިޔެއް ދެ ޓީމަށް ކުޅުމަކީ އޭނާ ނުރުހޭ ކަމެއްކަމަށް ބުނެފައިވެއެވެ.

ސެމީފައިނަލްގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރާ ފުރަތަމަ ލެގުގެ މެޗު މިރޭ ރާއްޖެ ގަޑިން 1:00 ގައި ޗެލްސީ ދަނޑު ސްޓެމްފޯޑް ބްރިޖްގައި އޮންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ