ރަސްމާލެ ބިން ހިއްކުން، ފޮޓޯ: އެމްއޭސީއެލް

2028 ގެ މިނިވަން ދުވަހަށް ބިޔަ މަޝްރޫޢުތަކެއް ނިންމަނީ

2028 ވަނަ އަހަރުގެ މިނިވަން ދުވަސް އަންނައިރު، 2040 ވަނަ އަހަރާ ހަމައަށްދާއިރު ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެ ހެދުމަށް ކުރާ މަސައްކަތަށް ބޮޑު ކާމިޔާބީއެއް ހާސިލްވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި ސަރުކާރުގެ 2 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި 590 މަޝްރޫޢު ނިންމައި، 1635 މަޝްރޫޢު ކުރިއަށްދާކަން ހާމަކުރައްވާފައެވެ. އަދި ނިމިދިޔަ ދެ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދާ މިންވަރު މާ އިތުރުކަން ފާހަގަކުރައްވައި، ވަކި ރަށެއް ބެލުމެއްނެތި އިންސާފުވެރިކޮށް ލާމަރުކަޒީކޮށް މަސައްކަތްތައް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފޮޓޯ: ޕީއެސްއެމް ނިއުސް

ރައީސް މުޢިއްޒު ހާމަކުރެއްވި ތަޞައްވަރުގައި، 2028 ގެ ނިޔަލަށް ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ، ކުނިކޮށި، ޖިމް، އޭޓީއެމް، ސިއްޙީ މަރުކަޒުތަކާއި ސްކޫލްތައް ވަރުގަދަކުރެވިގެންދާނެއެވެ. މީގެއިތުރުން، ކޮންމެ އަތޮޅެއްގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކާ ސެޑްތަކާއި، 30 މިނެޓުން ދެވޭ ހިސާބުގައި އެއާޕޯޓުތަކާއި، ސީޓީ ސްކޭން އަދި ޑައިލިސިސްގެ ޚިދުމަތް ޤާއިމުކުރެވޭނެއެވެ.

އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، މަދުވެސް 100 ރަށުގައި ކައުންސިލް އިދާރާތައް ނިންމުމާއި، ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެހެން 10 ރިސޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުތައްވެސް 2028 އާ ހަމައަށްދާއިރު ބޮޑުތަނުން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ