ރާއްޖޭގެ ފުޓްސަލް ޤައުމީ ޓީމު ޗައިނާއަށް ފުރުމުގެ ކުރިން / ފޮޓޯ : ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ރާއްޖެ ފުރަތަމަ މެޗު މިއަދު

ދެކުނު އޭސިޔާގެ ފުޓްބޯޅަ އިދާރާ ( ސާފް ) އިން އިންތިޒާމުކުރާ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭގެ ފިރިހެން ފުޓްސަލް ޤައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު މިއަދު ހަވީރު ރާއްޖެ ގަޑިން 18:00 ގައި އޮންނާނެއެވެ. ތައިލޭންޑްގެ ނޮންތަބުރީގައި ކުޅޭ މި މެޗުގައި ރާއްޖެ ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.

ދިވެހިރާއްޖޭގެ ފިރިހެން ފުޓްސަލް ޤައުމީ ޓީމު މި މުބާރާތަށް ތައްޔާރުވާން 35 ކުޅުންތެރިންގެ ސްކޮޑަކާއެކު ޕްރެކްޓިސް ފަށާފައިވަނީ މިދިޔަ ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ނަމަވެސް ޗައިނާއަށް ޓްރެއިނިން ކޭމްޕަށް ފުރީ 17 ކުޅުންތެރިންނާއެވެ. ނަމަވެސް  ކޯޗް އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވް ތައިލެންޑަށް ގެންދިޔައީ 14 ކުޅުންތެރިންނެވެ.

އަންގާރަ ދުވަހު ވަނީ އަންހެން ޑިވިޝަންގެ މެޗުތައް ފަށާފައެވެ. ރާއްޖެ އިންޑިޔާ އަތުން ވަނީ ތަފާތު ބޮޑުކޮށް 11 ލަނޑު 1 ލަނޑުން ބަލިވެފައެވެ.

ސާފް ފުޓްސަލް މުބާރާތުގެ ހުރިހާ މެޗެއްވެސް ޕީއެސްއެމް ޔެސް ޓީވީން ދައްކާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ