2026 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން ދިޔަ ޔުނައިޓެޑް ވިކްޓަރީ ( ޔޫވީ ) ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ. ޔޫވީ ރެލިގޭޓްވީ މިއަދު ހަވީރު ވެލެންސިޔާ އާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެ ލިބުނު 1 ޕޮއިންޓާއެކު ޖުމްލަ 8 ޕޮއިންޓް ލިބިގެންނެވެ. ތާވަލުގެ އެންމެ ދަށުގައި އޮތް ޔޫވީ އާއި ވެލެންސިޔާ މިއަދުގެ މެޗަށް ނިކުތީ މޮޅުވެ ރެލިގޭޝަނުން ސަލާމަތް ވާން 3 ޕޮއިންޓް ހޯދާށެވެ. ނަމަވެސް މެޗު ނިމުނުއިރު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނެވެ. މިއަދުގެ މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ 9 ޕޮއިންޓާއެކު ، 10 ޓީމު ވާދަކުރާ ދިވެހި ޕްރެމިއަރ ލީގުގެ ތާވަލްގައި ވެލެންސިޔާ އޮތީ ނުވަ ވަނައިގައެވެ.
ލީގުގެ ފަހު މެޗުގައި ވެލެންސިޔާ އީގަލްސް އަތުން މޮޅު ނުވެއްޖެ ނަމަ އެޓީމުވެސް ރެލިގޭޓް ވާނެއެވެ. ލީގުގެ 8 ވަނައިގައި 12 ޕޮއިންޓާއެކު އޮތީ ގްރީން ސްޓްރީޓެވެ. ގްރީން ސްޓްރީޓު ކުޅެން ޖެހޭނީ ނިއުރޭޑިއަންޓާ ދެކޮޅަށެވެ. މި މެޗުން ގްރީން ސްޓްރީޓް ބަލިނުވެ ސަލާމަތް ވެއްޖެނަމަ ، ވެލެންސިޔާ އީގަލްސް އަތުން މޮޅުވިޔަސް ރެލިގޭޓް ވާނީ ވެލެންސިޔާއެވެ. ލީގު ފޯމެޓް އޮތް ގޮތުން ތާވަލުގެ އެންމެ ފުލަށްދާ ދެ ޓީމެއް ރެލިގޭޓް ވާނެއެވެ. އަދި 8 ވަނަ ޓީމާއި 7 ވަނަ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ.
ލީގުގެ ފަހު މެޗުތައް ކުޅޭނީ ފެބްރުއަރީ 4 ، 5 އަދި 6 ވަނަ ދުވަހުއެވެ.


