މަނަދޫ އަޒީގެ ޅެންހާރު: ތިޔައޭވި މާތް ރަސޫލަކީ

*ރާގު! މާނާމެރޭ ހަސީންސަނަމް،.،.
*ދިވެހި (ޢަލީރަމީޒުގެ އޭނާމިރޭދިމާވުމުން)
ޢާލަމްތަކަށް ފޮނުއްވެވުން ތިޔައޭ ވިމާތްރަސޫލަކީ
ވާހައިޒަމާންތަކަށް އިތުރު އައުދާނަ ސާހިބާއަކީ
ހުރިހައިނަބީން ރަސޫލުނާ ދެއްވެވި ބަޝާރަތުން އެނގޭ 2
(ދެއްވެވި ބަޝާރަތުން އެނގޭ)
ހުރިހައި މަކާރިމުންހޮވޭ ފުރިހަމަވިމާތް މިސާލަކީ
ގެންނެވި ރިސާލަތާއެކީ ދެއްކެވި ހިދާޔަތާއެކީ 2
(ދެއްކެވި ހިދާޔަތާއެކީ)
ގެންނެވި ޞިރާޠު އެންމެމާތް ތިޔައޭ އިތުރުނަބީއަކީ
އިސްރާގެމާތްވި ޢިއްޒަތާ މިޢުރާޖްދޭ ޝަރާފަތާ 2
(މިޢުރާޖްދޭ ޝަރާފަތާ)
ނިސްބަތްވެ ޚާއްޞަވީފަޚުރު ތިޔައޭ އެ މާތް އިމާމަކީ
ޙައްޖުގެވިއެކި މަނާސިކާ ޢުމްރާގެފުންވި ޙިކްމަތާ 2
(ޢުމްރާގެފުންވި ޙިކްމަތާ)
ދެއްކެވި މި އުންމަތަށް ތިއޭ ތޮބުވެތިވިހެޔޮ ނަޞީޙަކީ
ޢަދަދެއްނުވާ ސަނާތަކުން ޢަދަދެއްނުވާ ސަލާމްތަކުން 2
(ޢަދަދެއްނުވާ ސަލާމްތަކުން)
މަދަޙައިގެރީތި ޝިޢުރުތައް އަބަދަށްއޮހޭ ޙަބީބަކީ
25 މެއި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *