"އިބުނު ބަތޫތާ" މިފަހަރުވެސް ކިނޮޅަހުގައި

މަނަދޫ އަޒީގެ ޅެންހާރު: ބޮޑުޢީދު ނުވަތަަ އަޟްޙާޢީދު

*ރާގު! އޮތުންމޮޅު ކޮންމެވެރިކަމަކަށް..،.
އުދާސްތައް ހިތުގެ ފިލުވާލަން ލިބުނުމީ ފުރްޞަތެއްނޫންހޭ
ނުދާއެކުވެރި ބަދަހިގުޅުމަށް ކޮށޭމީ އަލިމަގެއްނޫންހޭ
އުފާވެރިކަމުގެ ގުލްޝަނުގައިފޮޅޭ ވަސްމީރުމާ ބިނދެގެން 2
ރުފާ ހިތްތަކުގެ ފިލުވާލަން ލިބުނުމީ ޖައުހަރެއްނޫންހޭ
ހަސަދަޔާ ފިތުނައިން އަނދަމުން އެއައިހާ ހިތްތަކަށްހުރިހައި 2
މަސަލަހުން ފެންއަޅާދޮވެލަން މިއީއައި މޫސުމެއްނޫންހޭ
ނިފާޤުގެ ބަލިތަކުން ހިތްތަކުގެފުނުގައި އުފެދި ދިޔަ ފާރަށް 2
ޝިފާއެއްފަދަގޮތުން ލިބެވުނުމިއީބޮޑު ނިޢުމަތެއްނޫންހޭ
ސަގާފަތްރީތި ދިރުވާލައި އިހުގެތާރީޚް ދައްކާލަން 2
ނަގާފަތްފުށްތަކުން ކުލަތައް ފަވަންމީއައި ވަގުތުނޫންހޭ
މުނާސަބުވާގޮތުން މުނިފޫހިފިލުވައި ހިތްއުފާކުރުމާ 2
ބުނާހެޔޮ ބަސްތަކަށްމީ ހުޅުވިގެންއައި ފަހި ދޮރެއްނޫންހޭ
27 މެއި 2026
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *