މަނަދޫ އަޒީގެ ޅެންހާރު: އިސްކަމާ މަތިވެރިކަމުގެ ރަސޫލާ

*ރާގު! އިސްބަރީދުނިޔަމެ ކޯއީބި.،،..
އިސްކަމާ މަތިވެރި މާތްވީއެ ރަސޫލޭ ތިޔައީ
ނިސްބަތުން އެއްފަދަ އެއްނެތް އެ ޙަބީބޭ ތިޔައީ
ދަރަޖަ މަތިވެރިވި މަޤާމުލްމަޙްމޫދުގެ ލިބިވާ 2
ޝަރަފުވެރިޔާއެ ރިސާލަތުގެ ދެދުނިޔޭން ތިޔައީ
ޙަމްދު ތަޢުރީފު ސަނާޔާ އަބަދާއަބަދު އޮހޭ 2
ރަމްޒުވީ އެންމެ އުޖާލާއަލި ނޫރޭ ތިޔައީ
ދައުރުވުން ދުނިޔެ މިވާ ހިނދަކުމެ ނަންފުޅުކިޔެވޭ 2
ކައުކަމާ ކީރިތި ފުރަމާތްވި ޝަފީޢޭ ތިޔައީ
ޚުލްޤުފުޅު ހެޔޮކަމުގައި އެފަދަ ދެވަނައެއް ނުމެވާ 2
ކުލުނުވެރި ހިތްޕުޅު އޯގާވި ނަބީއޭ ތިޔައީ
ހިތްޕުޅުގެ ދީލަތިކަން ފިނިފިނި ވައިރޯޅި ފަދައިން 2
ހިތްތަކަށް އޭގެ އަސަރު ގެނުވި ބަހާރޭ ތިޔައީ
6 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *