މަނަދޫ އަޒީގެ ޅެންހާރު: ހިތާމައިގެ ހިތިވޭން

*ރާގު! ލިލީއޮފްދަ ދިވެލީން އިނީ،،…
ހިތާމައިގެ ހިތިވޭން ހިތަށް ލިބި ދަނިއްޔޭ
ސިތާރާ ނަސީބުގެ މިހިރަ އޮއްސެނިއްޔޭ
ކިޔާ ރާގުގައި އިހު އެހުރި މީރު ފޮނިކަން 2
ލެޔާ އެކުވެ ޒަހަރެއްކަމަށް އަދު ވަނިއްޔޭ
އޮޔާގޮސް އެ މާޒީގެ ފޮނިފޮނި ހަނދާންތައް 2
ވަޔާ އެކުވެގެން ލޯމަތިން ގެއްލުނިއްޔޭ
ބިރެއްނެތި މަޖާކޮށްލުމަށް ލިބުނު ފުރުޞަތު 2
ބިރެއްފެނި އަތުން ބީވެގެންވެސް ދިއައްޔޭ
ނަފުސު މިނިވަނަސް ހިތުގެ ގައިދެއް ތެރޭގައި 2
ހަފުސްވެވި އުޅެއްޖެހި މިހިރަގެން ދަނިއްޔޭ
ކުރިން ފެނުނުފަދަ ޗާލު ކުލަރީތި ހުވަފެން 2
ކުރިންހެން މިއަދުވެސް ދެކޭހިތް ވަނިއްޔޭ
ބަހުން އޭރު ދެއްކުނު އެ ޖާދޫތަކުންވެސް 2
ފަހުން މޮޅުގޮތެއްވަކި ނުފެނިހުރެ ދަނިއްޔޭ
އެކީގައިއުޅު ހެޔޮއެދުނުހައި އެ މިތުރުން 2
އެކީހަތުރުނަށް މިއަދުގޮސް ބަދަލުވިއްޔޭ
އަހާ މަންތިރީން ހަކުޅި އިތުރަށް މި ކުޅުނަސް 2
ޖަހައި ކުޅިއަކުންނަމަ މިއަދު ބަލިވަނިއްޔޭ
13 ޖުލައި 2026
*عبدالعزيز قاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *