ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން، ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި މި މަހުގެ 26 އަށް ނިމޭނެ: އެމްޓީސީސީ

މާލޭގެ ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްގޮސް، މި މަހުގެ 26 ވަނަ ދުވަހަށް އެއްކޮށް ނިންމާ އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އެމްޓީސީސީން އަމާޒު ހިފައިފިއެވެ. ކުރިން ޖޫން މަހަށް ނިންމުމަށް އަމާޒުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް މިހާރު ލަސްވެފައިވަނީ މި މަހުގެ 26 އަށެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 5 ސެގްމެންޓުގެ މަސައްކަތެވެ. މީގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ޚާރިޖީ ވުޒާރާއާ (ފޮރިން މިނިސްޓްރީ) ހަމައަށް، އަދި ޚާރިޖީ ވުޒާރާއިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި ވެސް ތާރު އަޅައި، މަގުގެ ނިޝާންތައް ކުރަހައި ވަނީ ނިންމާފައެވެ.

މިހާރު ކުރިއަށްދާ އިތުރު މަސައްކަތްތައް:

  • އެ ސަރަޙައްދުގައި ތަރައްޤީ ކުރާ ޕާކިން ޒޯނާއި، ދުވާރު ހެދުމުގެ މަސައްކަތްތައް.

  • ސެގްމެންޓު 2 އަދި 3 ގެ ނަރުދަމާގެ މަސައްކަތްތައް (ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ).

އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް އެއްކޮށް ނިމުމުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ (ބާޒާރުމަތި) ހަމައަށް މަގު ތަރައްޤީކޮށް ނިމި، މާލޭގެ ދަތުރުފަތުރަށާއި ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ