ކޭޕް ވާޑޭގެ ގޯލުކީޕަރު ވޮޒީނިއާ ޗިލީގެ ކޯލޯ ކޯލޯއަށް ސޮއިކޮށްފި

ދާދި ފަހުން ނިމިގެންދިޔަ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުން މޮޅު ކުޅުމެއް ދައްކައިގެން ވިދާލި ކޭޕް ވާޑޭގެ އުމުރުން 40 އަހަރުގެ ގޯލުކީޕަރު ވޮޒީނިއާ، ޗިލީގެ ކްލަބެއް ކަމަށްވާ ކޯލޯ ކޯލޯއަށް ފްރީ އެޖެންޓެއްގެ ގޮތުގައި ސޮއިކޮށްފިއެވެ.

ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ކޯލޯ ކޯލޯގެ އޮފިޝަލެއް ކަމަށްވާ މޯސާ ވަނީ ވޮޒީނިއާ އެ ކްލަބަށް ކުޅޭނެކަން ކަށަވަރުކޮށްދީ، މެޑިކަލް ހެދުމަށްފަހު އޭނާ ރަސްމީކޮށް ދައްކާލާނެ ކަމަށް ބުނެފައެވެ.

ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑޭ ކުޅުނު ފުރަތަމަ މެޗުގައި މުހިންމު ސޭވްތަކެއްކޮށް، ލަނޑެއް ނުޖެހި އެއްވަރުކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރި ވޮޒީނިއާ ވަނީ ސަޕޯޓަރުން ހޮވި ވޯލްޑްކަޕްގެ ޑްރީމް ޓީމުގައިވެސް ހިމެނިފައެވެ.

ކޯލޯ ކޯލޯއިން ވަނީ އޭނާއަކީ ފެންވަރު ރަނގަޅު މޮޅު ކީޕަރެއްކަން ވޯލްޑްކަޕްގައި ސާބިތުކޮށްދީފައިވާ ކަމަށް ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ