ފާރމަސިސްޓުންނަށް ޚާއްޞަކޮށްގެން ރިފްރެޝަރ ކޯސްތަކެއް ހިންގުމަށް ނިންމާފައިވާކަމަށް ސްޓޭޓް ފާމަސޫޓިކަލްސްއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ފާމަސިސްޓުން ހޯދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާއިރު، މި ދާއިރާގައި ތަމްރީން ލިބިފައިވާ ދިވެހިން މަދުކަން ފާހަގަކުރެވިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްއާއެކު ވަނީ މަޝްވަރާކޮށްފައެވެ.
މި މަޝްވަރާތަކުގައި ދާއިރާއިން ކިޔަވާ ކުދިން އިތުރުކުރުމަށާއި، ދަސްވެނިވާ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ.
A productive meeting was held with representatives of @fhsmnu to explore collaboration in training, education, and workforce development.
Discussions also focused on strengthening career pathways for pharmacy students and fresh graduates.#StatePharma #FacultyOfHealthScience pic.twitter.com/4A1rNkoYn8
— StatePharma (@statepharmamv) July 28, 2026
މީގެއިތުރުން، ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މަޢުލޫމާތާއި، އެ ބޭސްތައް ލިބޭނެ ފާމަސީތައް ފަސޭހައިން ބަލާލެވޭނެ ޚާއްޞަ ޕޯޓަލެއް ޤާއިމުކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.


