ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު

ނިއުރޭޑިއަންޓްގެ ސަޕޯޓަރުންނަށް ބޮޑު ދުވަހެއް

ރޭގައި ފެށި އެފްއޭއެމް ލީގު ކަޕްގައި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާޢި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރާ މެޗު މިއަދު ހަވީރު ކުޅޭނެއެވެ. މި މެޗު ފަށާނީ ހަވީރު 4:00 ގައި ގަލޮޅު ފުޓްބޯޅަ ދަނޑުގައެވެ.

ނިއުރޭޑިއަންޓާއި މާޒިޔާ އެންމެ ފަހުން ވާދަވެރި މެޗެއްގައި ދެ ޓީމު ބައްދަލުކުރީ 2018 ވަނަ އަހަރު ދިވެހި ޕްރެމިއަރ ލީގުގައެވެ. މި މެޗު ނިއު ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރު ނިއު ސަސްޕެންޑް ކޮށް ދެވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްފައިވާތީ މި ދެޓީމު ބައްދަލުކޮށްފައި ނުވެއެވެ.

ރޭގައި ފެށި އެފްއޭއެމް ލީގު ކަޕްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ފުރަތަމަ ޑިވިޝަންގެ ޓީސީ ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް އެވެ. މި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެގެންނެވެ.

ދިވެހިރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ލަސްވާތީ އެފްއޭއެމްއިން ފެށި މި މުބާރާތުގެ ވާދަކުރަނީ ފުރަތަމަ ޑިވިޝަންގެ މާޒިޔާ ، ޓީސީ އަދި އޮޑިއެވެ. ދެވަނަ ޑިވިޝަނުން ބައިވެރިވީ ނިއުރޭޑިއަންޓް އާއި މަހިބަދޫ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ