11 ފެބުރުވަރީ 2026
ހެނބަދޫ އާއި މަނަދޫ ބައްދަލުކުރި މެޗުގެ ތެރެއިން. / ފޮޓޯ: ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް

ހެނބަދޫ އާއި މާޅެންދޫ ފުރަތަމަ މޮޅު ހޯދައިފި

ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތުގައި ހެނބަދޫ ވޮލީބޯޅަޓީމާއި މާޅެންދޫ ވޮލީޓީމުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ހެނބަދޫ ޓީމު މޮޅުވީ އިއްޔެ ހަވީރު ކުޅުނު މެޗުގައި މަނަދޫ ޓީމާ ބައްދަލުކޮށް ފަސޭހަކަމާ އެކު ސީދާ 3 ސެޓުންނެވެ. ފުރަތަމަ ސެޓްގައި މަނަދޫ ޓީމުން ހިއްވަރުކޮށް ވާދަކުރިއެވެ. މި ސެޓް ހެނބަދޫ ޓީމުން ގެންދިޔައީ 25-21 އިންނެވެ. ޖެހިގެން އައި ދެ ސެޓް ހެނބަދޫ ޓީމުން ކާމިޔާބު ކުރީ ފަސޭހަކަމާއެކުއެވެ. އެއީ 25-17 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހެނބަދޫ ޓީމުގެ އަޙްމަދު ޢަލީއެވެ. ހެނބަދޫ ޓީމު ވަނީ އެ ޓީމުގެ ފުރަތަމަ މެޗުން މުބާރާތް ބާއްވާ ވެލިދޫ އަތުން ބަލިވެފައެވެ.

މާޅެންދޫ އާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން. / ފޮޓޯ: ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް

ރޭގައި ކުޅުނު މެޗުގައި ކެނދިކުޅުދޫ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް މާޅެންދޫ ވޮލީޓީމު ވެސް މޮޅުވީ ސީދާ 3 ސެޓުންނެވެ. މާޅެންދޫ ޓީމުވެސް ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ފޮއްދޫ އަތުން ބަލިވެފައެވެ.

ރޭގެ މެޗުގެ 3 ސެޓްވެސް ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މާޅެންދޫ ޓީމުން ސެޓްތައް ގެންދިޔައީ 2-23 ، 27-25 އަދި 25-23 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާޅެންދޫ ޓީމުގެ އާރިފް ޢީސާއެވެ.

މިއަދުވެސް މި މުބާރާތުގެ ދެމެޗު ކުޅެވޭނެއެވެ. ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ވެލިދޫ އާއި މަނަދޫއެވެ. ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހެނބަދޫ އާއި މަގޫދޫއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު