ތ.އަތޮޅުގައި 175 މިލިޔަން ޑޮލަރުގެ ޓައުންޝިޕް މަޝްރޫއެއް ފަށަނީ

ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ "ޓައުންޝިޕް" މަޝްރޫޢެއް ހިންގަން ސޮއިކޮށްފި

ބްލޫ ސިނަޖީ އިންވެސްޓްމަންޓްސްއާއި ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން، 175 މިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓަކާއެކު ތ. އަތޮޅުގައި "ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢު ކުރިއަށްގެންދިއުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

ތިމާވެއްޓާ ރައްޓެހި އަދި މަލްޓި-އައިލެންޑް ކޮންސެޕްޓަށް ތަރައްޤީކުރާ މި ޓައުންޝިޕުގައި، ދިރިއުޅުމަށް ބޭނުންވާ ވަސީލަތްތަކާއި، ވިޔަފާރި، މުނިފޫހިފިލުވުމުގެ ޚިދުމަތްތަކުގެ އިތުރުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ.

އަމިއްލަ ފަރާތަކުން އަތޮޅެއްގައި ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަށް ވެގެންދާނެ މި މަޝްރޫޢުގެ ސަބަބުން އެ ސަރަޙައްދުގެ އިޤުތިޞާދަށް ބޮޑު ކުރިއެރުމެއް ލިބި، ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ބްލޫ ސިނަޖީން ބުނެއެވެ.

ބްލޫ ސިނަޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޔާޒުގެ ބެއްލެވުމުގެ ދަށުން ހިންގާ މި މަޝްރޫޢުގެ އިތުރުން، ކްރިސްޓަލް ހޯލްޑިންގްސްއާ ހަވާލުކޮށްގެން ނ. އަތޮޅުގައި ހިންގާ 790 މިލިއަން ޑޮލަރުގެ 'އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް' މަޝްރޫޢުގެ މަސައްކަތްވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ވަނީ ހާމަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ