ނޫނު އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ނ.ވެލިދޫގައި ކުޅޭ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯޅަ މުބާރާތްގައި ރޭގައި ހެނބަދޫ ވޮލީބޯޅަ ޓީމު އަތުން ބަލިވިޔަސް ސެމީ ފައިނަލަށް ދިއުމުގެ ފުރުޞަތު ، މަގޫދޫ ވޮލީޓީމަށް ނުގެއްލެއެވެ.
ގްރޫޕް 2 ގައި ހެނބަދޫ ކުޅުނު ފަހު މެޗުން މަގޫދޫ ބަލިކުރީ ސީދާ 3 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓްގައި ދެ ޓީމު އެއްވަރުކޮށް ކުޅެމުން ގޮސް ހެނބަދޫ ޓީމުން ސެޓް ކާމިޔާބު ކުރީ 25-23 އިންނެވެ. ޖެހިގެން އައި ދެ ސެޓް ހެނބަދޫ ޓީމުން ކާމިޔާބު ކުރީ 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ހެނބަދޫ ޓީމުގެ މުޙައްމަދު ޝަރީފުއެވެ.
ހެނބަދޫ ޓީމު ކުޅުނު 3 މެޗުން ދެ މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ ، އެ ޓީމު ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. އެ ޓީމު ބަލިވެފައި ވަނީ ވެލިދޫ ޓީމު އަތުންނެވެ.
މި ގްރޫޕްގެ ފަހު މެޗުގައި މިއަދު ހަވީރު ވެލިދޫ އާއި މަގޫދޫ ބައްދަލު ކުރާނެއެވެ. މި މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ގްރޫޕުން ސެމީއަށް ދާނެ ދެވަނަ ޓީމު ކަށަވަރުވާނެއެވެ.
މި ގްރޫޕްގައި ހިމެނޭ މަނަދޫ ކުޅުނު ފަހުން މެޗުންވެސް އެޓީމުވަނީ ބަލިވެފައެވެ. އިއްޔެ ހަވީރު ކުޅުނު މެޗުން މަނަދޫ ބަލިވީ ވެލިދޫ އަތުން 3 ސެޓް 2 ސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެލިދޫ ޓީމުގެ ޞައްފަތު މުޙައްމަދުއެވެ.
މި މުބާރާތުގެ ގްރޫޕް 1 އަކުން 1 ވަނަ ޓީމުގެ ގޮތުގައި ސެމީފަނަލަށް މާޅެންދޫ ދިޔައީ 4 ޕޮއިންޓާއެކުއެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ކެނދިކުޅުދޫއެވެ. އެ ޓީމަށް ލިބުނީ 3 ޕޮއިންޓެވެ.