ޗެމްޕިއަންސްލީގު ފައިނަލްގައި ބައްދަލުކުރާނީ ޕީއެސްޖީ އާއި އިންޓަރމިލާން

ޔޫރަޕް ކްލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބައްދަލުކުރާނީ ފަރަންސޭސިވިލާތުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން ( ޕީއެސްޖީ ) އާއި އިޓަލީވިލާތުގެ އިންޓަރ މިލާނެވެ.

އިންޓަމިލާނު ފައިނަލަށް ދިޔައީ ސެމީ ފައިން ފުރަތަމަ ލެގްގައި ސްޕެއިންގެ ބާސެލޯނާ ދަނޑުގައި 3-3 އިން އެއްވަރުކޮށް އަމިއްލަ ދަނޑުގައި 3-4 އިން މޮޅުވެ އެގްރިގެޓުން 7-6 އިން ކުރި ހޯދައިގެންނެވެ.

ޕީއެސްޖީ ފައިނަލަށް ދިޔައީ ސެމީ ފައިނަލް ދެ ލެގްގައިވެސް އިނގިރޭސި ވިލާތުގެ އާސެނަލް ބަލިކޮށްގެންނެވެ. ފުރަތަމަ ލެގުގައި އާސެނަލް ދަނޑުގައި 1-0 އިން މޮޅުވެ ދެވަނަ ލެގުގައި ޕީއެސްޖީ ދަނޑުގައި 2-1 އިން މޮޅު ވެގެންނެވެ.

މިއީ ޕީއެސްޖީ މި މުބާރާތުގެ ފައިނަލަށް ދިޔަ ދެވަނަ ފަހަރެވެ. 2019-2020 ގެ ސީޒަންގައި ފައިނަލްގައި އެޓީމު ބަލިވީ ބަޔާން އަތުން 1-0 އިންނެވެ.

އިންޓަރ މިލާނު މި މުބާރާތުގެ ފައިނަލްގައި 6 ފަހަރު ކުޅެފައިވެއެވެ. އޭގެ ތެރެއިން ޗެމްޕިއަންކަން ލިބުނީ 3 ފަހަރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ