އިނގުރައިދޫ ފުޓްސަލް ޓީމް / ފޮޓޯ: ރ.އަތޮޅު ކައުންސިލް

އަރުތަ ފުޓްސަލް: ގްރޫޕްއޭ އިން ސެމީ ޖާގަ ދެ ޓީމުން ޔަޤީންކޮށްފި

އަރުތަ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން ގްރޫޕްއޭ އިން ޖާގަ ކަށަވަރު ކުރި ދެ ޓީމަކީ އިނގުރައިދޫ އާއި އަލިފުށްޓެވެ. ގްރޫޕްއޭ ގައި އިއްޔެ ހަވީރު ބައްދަލުކުރީ އިނގުރައިދޫ އާއި މާކުރަތެވެ. މި މެޗު 6 ލަނޑު 0 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އިނގުރައިދޫއެވެ. މި މެޗުގައި ހާއްޕެ އާއި އައިހަމް މިއިން ކޮންމެ ކުޅުންތެރިޔެއް ދެ ގޯލު ޖެހިއެވެ. އިނގުރައިދޫގެ އެހެން ގޯލުތައް ޖެހީ މަމްދޫހު އާއި ޝަފްރާޒެވެ. އިތުރު ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް އިނގުރައިދޫއަށް ލިބި ބޭކާރުވެގެންދިޔައެވެ. އިނގުރައިދޫ ޓީމުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް މާކުރަތު ޓީމުގެ ގޯލް ކީޕަރ ޢަބްދުﷲ ވަނީ ހުށިޔާރު ކަމާއެކު ދިފާޢުކޮށްފައެވެ.

މި ގްރޫޕްގައި ރޭގައި އަލިފުށި ވަނީ މަޑުއްވަރި 4 ލަނޑު 1 ލަނޑުން ބަލިކޮށް ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލިފުށި ޓީމުން ދެ ގޯލު ޖެހިއެވެ. އަދި އެ ޓީމުގެ ފަހު ދެ ގޯލު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ލިބުނު އިތުރު ވަގުތުގައެވެ. އަލިފުށި ޓީމުގެ ހުސާމް ދެ ގޯލު ޖެހިއެވެ. ދެން ގޯލު ޖަހައިދިނީ އާދަމް އިމްރާން ، މޫސައެވެ. މަޑުއްވަރި ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ އިރުޝާމްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މަޑުއްވަރި ޓީމުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާޢުކުރި އަލިފުށި ޓީމުގެ ގޯލު ކީޕަރ ޢަބްދުއްސަދާދު އާދަމް(ދާދު)އެވެ.

މި ގްރޫޕްގެ ކޮންމެ ޓީމެއް ހަތަރު މެޗު ކުޅުނުއިރު އިނގުރައިދޫ އާއި އަލިފުށިން ވަނީ 10 ޕޮއިންޓް ހޯދާފައެވެ. ނަމަވެސް އިނގުރައިދޫ އަށް އެއްވަނަ ލިބެނީ ފައިދާ 17 ގޯލާއެކުގައެވެ. އަލިފުށި ފައިދާ 10 ގޯލެވެ. ރަސްމާދޫ އާއި މަޑުއްވަރި އަށް 6 ޕޮއިންޓް ލިބިފައިވާ އިރު ، މާކުރަތަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އަދި ވާދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައިނެތެވެ.

މިއަދު ކުޅޭނީ މި ގްރޫޕްގެ އެންމެ ފަހު މެޗުތަކެވެ. ހަވީރު އަލިފުށްޓާއި ވާދޫ ކުޅޭއިރު ، ރޭގަނޑު ކުޅޭނީ އިނގުރައިދޫ އާއި ރަސްމާދޫ މެޗާއި މަޑުއްވަރި އާއި މާކުރަތު މެޗެވެ. މި މެޗުތައް ކުޅެ ނިމުމުން ގްރޫޕްގެ އެއްވަނަ އާއި ދެވަނަ އެނގިގެންދާނެއެވެ.

އަރުތަ ފުޓްސަލް މުބާރާތުގައި ރޭގައި ވަނީ ގްރޫޕް ބީ ގެ މެޗެއްވެސް ކުޅެފައެވެ. ފޯރިގަދަ ކުޅުމަކަށްފަހު މެޗު ނިމުނީ 3 ލަނޑު 2 ލަނޑުން ހުޅުދުއްފާރުގެ މައްޗަށް ކުރި ހޯދާ އިންނަމާދޫ މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އިންނަމާދޫ ޓީމުގެ މުޙައްމަދު އަރީޝް ވަނީ ދެ ގޯލު ޖަހައިދީފައެވެ. ހުޅުދުއްފާރުގެ ގޯލުތައް ޖެހީ ޕެނަލްޓީ އަކުން އަލީފު ދެން ގޯލު ޖެހީ އާމިރުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ