ފުރަތަަމަ ފަހަރަށް ޕަލަސްއިން ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފި

އިނގިރޭސި ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ކުޅޭ ކޮމިއުނިޓީ ޝީލްޑް ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ބަލިކޮށް ، ކްރިސްޓަލް ޕަލަސްއިން ކާމިޔާބުކޮށްފިއެވެ.

އާދީއްތަ ދުވަހު ވެމްބްލީގައި ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގެ ފުރަތަަމަ ގޯލު ޖެހީ ލިވަޕޫލަށް މި ސީޒަނަށް ޖަރުމަނުގެ ފްރެންކްފާޓުން ބޮޑު އަގުގައި ގެނައި އެކިޓިކޭ އެވެ. 4 ވަނަ މިނެޓުގައި މި ގޯލު ޖަހާފައިވަނިކޮށް 17 ވަނަ މިނެޓުގައި ޕަލަސްއަށް ލިބުނު ޕެނަލްޓީއަކުން މަޓޭޓާ ގޯލެއް ޖަހާ ނަތީޖާ އެއްވަރުކުރިއެވެ. އޭގެ ހަތަރު މިނެޓްފަހުން ލިވަޕޫލްގެ ފްރިމްޕޮންގް ގޯލެއް ޖަހާ ލީޑު ނަގައިދިނެވެ. މެޗުގެ ފުރަތަަމަ ހާފު ނިމުނީ މި ނަތީޖާގައެވެ.

މެޗުގެ ދެވަަނަ ހާފްގައި ޕަލަސްގެ ކުޅުން ރަނގަޅުކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 77 ވަނަ މިނެޓުގައި ޕަލަސްގެ ސާރް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. 90 މިނެޓް ކުޅެ ނިމުނުއިރު ނަތީޖާއަށް ބަދަލު ނައުމުން ޕެނަލްޓީ ޖެހިއެވެ.

ލިވަޕޫލްގެ ފަސް ޕެނަލްޓީގެ ތެރެއިން ސަލާހު އާއި މެކަލިސްޓާ އާއި އެލިއޮޓް ޖެހި ޕެނަލްޓީ ނާކާމިޔާބުވިއެވެ.

ކްރިސްޓަލް ޕަލަސްއިން ޕެނަލްޓީގައި ކުރި ހޯދީ 3-2 އިންނެވެ. މިއީ ކްރިސްޓަލް ޕަލަސްއިން އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ފުރަތަަމަ ފަހަރެވެ.

އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗަކީ ޕްރެމިއާ ލީގުގެ ޗެމްޕިއަން ޓީމާއި އިގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަން ޓީމާ ދެމެދު ކުޅޭ މެޗެކެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދީ ލިވަޕޫލްއެވެ. އަދި އެފްއޭކަޕް ހޯދީ ކްރިސްޓަލް ޕަލަސްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ