ކިނޮޅަހާއި ހުޅުދުއްފާރު ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ރ.އަތޮޅު ކައުންސިލް

އަރުތަ ފުޓްސަލް: މިރޭ ކުޅޭނީ ސެމީފައިނަލް މެޗުތައް

ރ.އަތޮޅު ކައުންސިލްގެ އަރުތަ ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ހުޅުދުއްފާރާއި ދެކޮޅަށް ކުޅެ ، ކިނޮޅަސް ވަނީ މުބާރާތުގެ ދެވަނަ މޮޅު ހޯދާފައެވެ. އާދީއްތަ ދުވަހު ހަވީރު ރަސްމާދޫ ފުޓްސަލް ކޯޓުގައި ކުޅުނު މި މެޗު ކިނޮޅަސް ކާމިޔާބު ކުރީ ހުޅުދުއްފާރު ނަސްރުﷲ ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ 3 ގޯލު ޖަހައިގެންނެވެ. މުބާރާތުގައި ވާދަކުރި އެންމެ ޒުވާން އެއްޓީމު ކިނޮޅަސް ޓީމުގެ 3 ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ ޝަމްވީލުއެވެ. މި މެޗުގައި ޝަމްވީލު ޖެހި ދެގޯލާއެކު 7 ގޯލު ޖަހައިގެން މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ލިސްޓްގެ ފަސްވަނަޔަށް ވަނީ ޖެހިލާފައެވެ. ކިނޮޅަސް ޓީމުގެ އަނެއް ގޯލު ޖެހީ ޞާލިޙުއެވެ.

މި ގްރޫޕްގެ ހުރިހާ މެޗެއް ކުޅުނުއިރު ، ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު އެއްވަނައިގައި ދުވާފަރު އޮތް އިރު ، 9 ޕޮއިންޓާއެކު ދެވަނަ ހޯދީ މީދޫއެވެ. ކިނޮޅަސް ޓީމަށް 6 ޕޮއިންޓް ލިބުނުއިރު ، އިންނަމާދޫ އަށް 3 ޕޮއިންޓް ލިބިފައިވެއެވެ. އެއްވެސް ޕޮއިންޓެއް ހުޅުދުއްފާރަށް ލިބިފައިނުވެއެވެ.

މިއަދު މި މުބާރާތުގައި ކުޅޭނީ ސެމީ ފައިނަލް ދެ މެޗެވެ. މިރޭ 8:30 ގައި ބައްދަލުކުރާނީ އޭ ގްރޫޕްގެ އެއްވަނަ އިނގުރައިދޫ އާއި ބީ ގްރޫޕްގެ ދެވަނަ މީދޫއެވެ.  މިރޭ 9:40 ގައި ބައްދަލުކުރާނީ ބީ ގްރޫޕްގެ އެއްވަނަ ދުވާފަރާއި އޭ ގްރޫޕްގެ ދެވަނަ އަލިފުށްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ