15 އޮކްޓޫބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: ވޭނީ ޝިކާޔަތު

*ރާގު! ތެރީދުނިޔާމެ ޖީނޭސޭ…


ތެރޭދުނިޔޭގެ ޒީނަތުގައި ނުލިބިއުފަލެއްހެ އަދުދާންވީ؟
އެދޭއެދުމެއް ނުފުދިމިގޮތަށް ހިތާމައިގާހެ ނިމިދާންވީ؟

ވިތެދުވެރިލޯބި ހިތުގައި ސާފުކޮށް އޮތުމީ ކުށެއްތޯއޭ؟ 2
ހިތެއްއަދު ބޭވަފާވީކަންކިޔައި މިދުލުންހެ ނެތިދާންވީ؟

އަހާ އާއާ އާ އާއާއާ އާ
ހިތާސިކުނޑީގެ ބާރުވަނީ ގިތާވެވިފައި މުޅިންއެކުގައި
ހިތާސިކުނޑީގެ ބާރުވަނީ
ހިތާސިކުނޑީގެ ބާރުވަނީ ގިތާވެވިފައި މުޅިންއެކުގައި
މިތާނގައިދިން އެ ހިތިޒަހަރުން ޝިފާއެއްނެތިހެ މަރުވާންވީ؟

ހިތާމޭވިރި އޮހޭހިނދުގައި ލިބޭވޭނާއި ކެކުޅުމުގައި 2
ބިނާކުރި ލޯބި ކަފުނެއްގައި ހިފައިދެއަތުންހެ ވަޅުލާންވީ؟


2 ސެޕްޓެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *