15 އޮކްޓޫބަރު 2025
ނަމާދު ކޭމްޕް - މާފަންނު މަދަރުސާ 2025، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަނަދޫ އަޒީގެ ޅެންހާރު: ދެވޭނަމަ އިސްކަމެއް ދީނަށް

*ރާގު! ސުނާއޫން ކިސްކޮއަފްސާނާ…..
ދެވޭނަމަ އިސްކަމެއް ދީނަށް ޢަމަލްތެދުވެރި ނިކަންވީހޭ
ދެވޭ މިޞްރާބު ރަނގަޅަށްތޯއޮތީ ވިސްނައި ބަލައިލީހޭ
ވެރީންކަމުގައިވެގެން ތަންތާ ބޮޑެތިޒިންމާ މަތީ ތިބެގެން 2
ވެރީން ކޮށްގެންނުވާފަދަ ކަންކަމެއް ހަމަގައިމު ނުކުރީހޭ
އެތައްމީހުންގެ ޙައްޤުތަކެއް ތިމާމެން ބޮލުއަޅައިތިބެގެން 2
އެތައްބަޔަކަށް ބޮޑެތި ގެއްލުންތަކެއްދޭކަށް ނުކެރުނީހޭ
އަމާނާތްތެރިކަމާ ތެދުވެރިކަމާ ޤައުމަށް ވަފާތެރިކަން 2
ދަމާނެރެ ކަސްމަތީން ބުރިކޮށް އުކާލާކަށް ނުކެރުނީހޭ
ތިމާގެ ޤައުމު ފަސާދަވެގޮސް ފިތުނައިން ހުޅުފަޅައިދާއިރު 2
ތިމާ އުފުލަންޖެހޭ ޒިންމާތަކާ ދުރަކަށް ނުދިޔައީހޭ
ޙަލާލެއް އަދި ޙަރާމެއް ވީތަނެއްއަމުދުން ބަލައިލުންނެތި 2
ސަލާމަތްތެރިކަމުގެ ވާފަށް ކަނޑައިލާކަށް ނުކެރުނީހޭ
ތިމާއަށް އެންމެހައި މޮޅުގޮތްވުމަށް އަބަދާއަބަދު އެދިގެން 2
ދިމާވާ ކަންކަމުން ޖާއިޒްނުވާ ފައިދާ ނުހޯދީހޭ
ބޮމާ ބަޑި އުންޑަފަދަ ވިހަބަސްތަކުން މީހުން އަބުރު ކަތިލައި 2
ނޮޅައި ކާލަން ގުރޫޕްހަދައި ތިބޭކަށްވެސް ނުކެރުނީހޭ
އެކަނި ދުނިޔޭގެ މީރުކަމަށް ތިމާމެން ގެއްލިގެންދާއިރު 2
އެކަނި މިތަނުން "ފުރުން" އޮތްކަން ހަދާންނެތިގެން ނުދިޔައީހޭ
9 އޮކްޓޫބަރު 2925
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *