*ރާގު! ވޭނަކަށްނުވެދާނީ މާޒީ ހަނދުމަވީމާ ކާކުހޭ
ވޭންތަކާ އަނިޔާއަދު މިވަނީ ބިންއެކީ ޣައްޒާފުރާ
ރޭދުވާތައް ހޭދަވެމިދަނީ ކަރުނައިން ލޯތައްފުރާ
ބިރުތަކާ ނާމާންކަމާ މިވަނީ ވަށައިގެން ފެތުރިފައި 2
ހިރިލެވޭނޭ ގޮތްނުފެނި ހަފަރާތުން ޙަމަލާއެކުވެފައި – އާ އާ
ދިރިހުރުން އުންމީދުނެތި ކުރިމަތިވެފައި މިވަނީމަރާ
ކާނެއެްޗެއްނުލިބި ހައިހޫނުގެތެރޭ ވާއިރު ފަނާ 2
ދާނެގެދޮރެއްނެތިމިހެން މަގުތަކުގެމަތީ ވާއިރުހަނާ – އާ އާ
ް ގާތުގައިޖެހި ފިތި އެމީހުން އެތިބެނީކައި ބަނޑުފުރާ
ކުދިދަރީން ހައިހޫނުކަމުގައި ނިމިއެދާއިރު ލޯމަތީ 2
ކުދިދަރީން ރޮއިހޭރެމުންދާއިރުގައިއޮވެ އަތްދަނޑިމަތީ – އާ އާ
ކުދިވެދާވަރު ހިތްއަދުވޭ އަސަރުންހިތަށް ލިބުމުން ތުރާ
މުސްލިމުންގެނެތީހެ ހަށިތަކުގައި ހިތާއި މެޔާ ފިތާ 2
ދުޝްމިނުން ބޭނުންކަމެއް ކުރަމުންދާއިރުގައިތިބެމިތާ – އާ އާ
މުސްލިމުންނަށް އެންމެގޮތަކަށްވެސްނެތޭ އަސަރެއްކުރާ
ޙައްޤުތައް ހޯދަންގޮވާއިރު ޙައްޤަކީ އަދު ބާރުހޭ؟ 2
ދައްކަމުންދާ މަކަރު ޙީލަތް އަދުގެމިއީ އިންސާފުހޭ؟ އާ އާ
ރައްދުގައި ދޭނޭޖަވާބެއް ދުނިޔެއަކުނެތް ހިތްވަރާ
ޔާއިލާހީ މިންޖުކޮަށްދެއްވައި މި އަނިޔާވެރިކަމުން 2
ބާރުނެތް އަޅަމެންގެ މަޖުބޫރީގައި މިލިބޭ ވޭންތަކުން އާ އާ
ދާއިމީހެޔޮ ރަޙްމަތައް މިއްޔޭދުޢާ އަބަދަށްކުރާ
8 އޮކްޓޫބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ