15 އޮކްޓޫބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: ޖޯޝުގައިފުން ތަރުޙީބުދޭށޭ!

*ރާގު! ދިލްކޮދޭކޯ ޗެހްރާނަދޭކޯ.،.،.
(ޖޯޝުގައިފުން ތަރުޙީބުދޭށޭ 2) ޤައުމިއްޔަ ރޫޙާއެކީގާ ހަ
ފޯރިޔާއެކު ޤައުމީ ޓީމަށް ފޯރިޔާއެކު ޤައުމީ ޓީމަށް
އެއްބައިވެއެންމެން އަތްތައްގުޅާލަން ފުރުޞަތެކެމީރަނގަޅުލިބިއައި
އެއްހިތްވެ ޤައުމީރޫޙާއެކީގައި އެކުވެރިވުމަށް ރީތި ލިބިއައި
އެއްހިތުންބާރުލާ ހިތްވަރާ ޢަޒްމުގައި ދޭށެތަރްޙީބުއެންމެންއެކީގާ ހަ
ފޯރިޔާއެކު ޤައުމީޓީމަށް ފޯރިޔާއެކު ޤައުމީޓީމަށް
ޝަރަފާއި ޢިއްޒަތް ދަމަހައްޓަމާހޭ ޤައުމުގެދަރީންކުރި ޖިހާދުން
ފަރަގެއްނުވާހެން އެހަނދާންއަބަދުވެސް ދިރުވާލަމާހޭ މިސާލުން ޝަރަފުވެރިކަންމަތީ ޤައުމުދެމިއޮންނަހެން ދޭށެތަރުޙީބުއެންމެންއެކީގާ ހަ
ފޯރިޔާއެކު ޤައުމީޓީމަށް ފޯރިޔާއެކު ޤައުމީޓީމަށް
ކުރިމަގުއުޖާލާ ފެންނަންއޮތީއަދު އެއްބައިވެގެންކަން ޔަޤީނޭ
ކުރިޔަށްދެވޭނޭމަގުފަހި އޮތީވެސް އެއްރޫޙުގައިކަން ޔަޤީނޭ
ކުރިއެރުންހޯދުމަށް ޤައުމުއެއްކޮށްލުމަށް ދޭށެތަރުޙީބު އެންމެންއެކީގާ ހަ
ފޯރިޔާއެކު ޤައުމީޓީމަށް ފޯރިޔާއެކު ޤައުމީޓީމަށް
ފެއްސާ ރަތާހުދު ވިހުރޭނިޝާންމީ މިނިވަންޖިހާދެއްގެ ރޫޙޭ
ހިއްސާވެ ޤައުމުންޤުރްބާންވެދިޔަމާތް ބަޠަލުންގެ ޒިކްރާގެރޫޙޭ އޮއްސަމުންޝުކުރުލިޔާ އެންމެހައިތަހުނިޔާ ދޭށެތަރުޙީބުއެންމެންއެކީގާ ހަ
ފޯރިޔާއެކު ޤައުމީޓީމަށް ފޯރިޔާއެކު ޤައުމީޓީމަށް
13 އޮކްޓޫބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *