*ރާގު! މެރީމުޙައްބަތު ޖަވާންރަހޭގީ.،..
މިރީތި ޤައުމާ ވަޠަންގެ ހައިބަތު އޮޔާހިިނގެއްޖޭ އޮޔާހިނގެއްޖޭ
ޝަރަފު ޝަރަފުގައިގެނައިއެ ޝުހްރަތު އޮޔާހިނގެއްޖޭ އޮޔާހިނގެއްޖޭ
އަމާންކަމާއެކު އުޅުނު މި ދިވެހީން ހޯ 2
ޒަމާންތަކުންހޯދި ފަޚްރު މި ވެށީން 2
ނަމާ އަބުރުއެކުލެވޭމި ޢިއްޒަތު އޮޔާހިނގެއްޖޭ އޮޔާހިނގެއްޖޭ
އެރީތި އެކުވެރިކަމާ ވަފާތެރި ހޯ 2
އެރީތި އަޚްވަންތަކަން ޞުލްޙަވެރި 2
އެރީތިސިފަ އެކުލެވޭމި ޖަންނަތު އޮޔާހިނގެއްޖޭ އޮޔާހިނގެއްޖޭ
ޙަރާމް މުދާ އަދު ޙަލާލު ވެއްޖޭ ހޯ 2
އަރާމަކަށް މަސްތުވުން ލިބިއްޖޭ 2
ކަރާމަތާ އަބުރު މީސްތަކުންއޮތް އޮޔާހިނގެއްޖޭ އޮޔާހިނގެއްޖޭ ލަދާތަދުން ރޯން މި ބިންޖެހިއްޖޭ އޯ 2
ހަނދާންތަކުން އިހުގެ ގިސްލެވިއްޖޭ 2
ހަނދާ އިރާފަދަ ވިދާލި އުސްވަތު އޮޔާހިނގެއްޖޭ އޮޔާހިނގެއްޖޭ
ސަލާމަތެއްފަހެ އެބޮތްހެ ފެންނަން ހޯ 2
އަމާންކަމެއްވަކި އަލުންމެ ގެންނަން 2
ސަލާމަތުންއޮތް ކުރީގެ ޙާލަތު އޮޔާހިނގެއްޖޭ އޮޔާހިނގެއްޖޭ
މި ދީބުގައިއޮތް އަމަންއަމާންކަން ހޯ 2
މިދީބު ފަރިކޮށްލި ރޯޝަނީކަން 2
މިދީންގެނެސްދިން އެރީތިވަޙްދަތު އޮޔާހިނގެއްޖޭ އޮޔާހިނގެއްޖޭ
10 އޮކްޓޫބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ