15 އޮކްޓޫބަރު 2025
އިސްލާމީ މަރުކަޒު، ފައިލް ފޮޓޯ

މަނަދޫ އަޒީގެ ޅެންހާރު: ރާއްޖެ އިސްލާމްވިދުވަހަށް މަރްޙަބާ!

*ރާގު! ޢަޞްރުދިޔައީގެއްލިގެން…
ނޫރެއިސްލާމީ މި ޤައުމުގެ ޢިއްޒަތާ އަދި ފަޚްރަކީ
ސޫރަކުރުވައިދޭ ޙަޤީޤީ ރީތި ނަލަ ފޭރާމަކީ
ކާބަފައިން ދެއްކެވިނަމޫނާ (މާއިހުގެ ފަތްފުށްތަކުން 2)
ހާމަޔަށްފެނިގެން އަދާހަމަޔަށް މި ދެމިއޮތް ސަބަބަކީ
ހިތްތަކަށް ތާޒާކަމާ (އާރޯކަމާ ގެނުވާ އެއިން 2)
ހިތްތަކަށް ދިރުމާ ޙަރާރަތު ފޯރުކޮށްދޭ ބާރަކީ
އަޚްކަމާ އަޚްވަންތަކަން (އަބަދާއަބަދު ދެމިގެންމިވާ 2)
އަހުރަވެތިކަމުގައި މި ހިތްތައް އެކުވެދިއުމުގެ އަސްލަކީ
އެއްބައެއްގޮތުގައި ވުމަށް (ހުރިހައިގޮތުން މަގުފަހިކުރާ 2)
ހެއްކަކަށް ބޭނުންނުވާ ޤާއިމްވެގެންވި ނަސީބަކީ
ޖިންސަކުން ވަކިކުލަޔްކުން (އެއްވެސްކަހަލަ ފަރަގެއްނުކޮށް 2)
އިންތިހައި ލޯތްބާއި ކުލުނާ އުފެދިއައުމުގެ ސިއްރަކީ
އެންމެމާތް ތަޤްވާގެ (އިލްހާމުންލިބޭ ރޫޙީއުފާ 2)
ގެންނަ ހައިބަތުކަން ޒަމާންތަކުގައިވެވޭ ޒިކުރާއަކީ
އުފެދިފައިވީ ހެޔޮއެދުންތައް (ހިތްތަކުގެ ފުނުގައިހިނގާ 2)
އުފުލެމުން މިޢުރާޖުގައި ދިއުމުގެ ނިހާއީ ޝަރަފަކީ
23 ސެޕްޓެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *