15 އޮކްޓޫބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: ލޯބިންނެ މާތް ޙަބީބަށް

*ރާގު! ނިޢުމަތްއެ ހޯއްދެވީމީ،.،.
* ހިންދީ (ވޯދިލްކަހާންސެ ލާއޫން.،،. )
ލޯބިންނެ މާތްޙަބީބަށް މަދަޙާސަނާ ކިޔާނީ
ލޯބީގެފުން ޝުޢޫރުން ދޫތައްމިހެން ހިނގާނީ
އައުދާނައެންމެ ކީރިތި މޫރިތިވި ސާހިބާއަށް 2
ޝައުޤާއެކީ ޞަލާތާ ވެދުމޭ އަރިސްކުރާނީ
ތިޔަ ޢިއްޒަތާ ކަރާމާތް ތިޔަ އުސްވަތުގެ ނިހާޔަތް 2
ތިޔަ ޚުލްޤުހެޔޮ ޠަބީޢަތް ފެނުމޭ އަބަދު އެދޭނީ
ހިޔަލުން އެދުވަހު މަޙްޝަރް ތިޔަ ސާހިބާގެ އަރިހުން 2
ނިޔަތާހިތުން ޝަފާޢަތް އެދެމުންނެ މަރުވެދާނީ
5 ސެޕްޓެމްބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *