16 އޮކްޓޫބަރު 2025

2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް 2035 ގެ ޖެނުއަރީ މަހަށް ބަދަލުކުރަން ސަޢޫދީން ހުށަހަޅަނީ

2034 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް، 2035 ވަނަ އަހަރުގެ ޖެނުއަރީ މަހަށް ބަދަލުކުރުމަށް ސަޢޫދީ އަރަބިއްޔާއިން ވިސްނަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. މި ބަދަލު ގެންނަން ޖެހޭ މައިގަނޑު ސަބަބަކީ 2034 ވަނަ އަހަރުގެ ނޮވެމްބަރު-ޑިސެމްބަރު މަސް ރަމަޟާން މަހާ ދިމާވާތީއެވެ.

މި ބަދަލު ގެންނަން ވިސްނަނީ މުސްލިމް ކުޅުންތެރިންނަށް ރޯދައަށް ހުރެ މެޗުތައް ކުޅުމުގައި ދިމާވެދާނެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ. ޚާއްޞަކޮށް ދުވާލުގެ ވަގުތުތަކުގައި ކުޅެންޖެހޭ މެޗުތަކުގައި މި ދަތިތައް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފަހަކަށް އައިސް، މޫސުމާއި، މުބާރާތްތަކުގެ ތާވަލް ތޮއްޖެހުމާއި، އަދި ދީނީ އަޅުކަންތަކަށް ރިއާޔަތްކޮށް، ބޮޑެތި މުބާރާތްތަކުގެ ތާވަލް ބަދަލުކުރުމުގައި ލުއި ގޮތްތަކެއް ގެންގުޅެންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ބަދަލެއް ގެނައުމަކީ މުޅިން އައު ކަމެއް ނޫނެވެ. 2022 ވަނަ އަހަރުގެ ޤަޠަރު ވޯލްޑް ކަޕް ވެސް ހޫނު މޫސުމަށް ރިއާޔަތްކޮށް އަހަރުގެ ފަހު ކޮޅަށް ބަދަލުކުރެވުނެވެ. މިއީ ވޯލްޑް ކަޕުގެ ތާރީޚުގައި ޖޫން-ޖުލައި މަހުގެ އާންމު ތާވަލުން ބޭރުން ބޭއްވުނު ފުރަތަމަ ފަހަރެވެ.

ނަމަވެސް މި ބަދަލު އަދި ރަސްމީކޮށް ނިންމާފައެއް ނުވެއެވެ. ފީފާއާއި، ސަރަޙައްދީ ކޮންފެޑެރޭޝަންތަކާއި، ގައުމީ އެސޯސިއޭޝަންތަކުން މި ކަމާ ގުޅޭ ލޮޖިސްޓިކްސްއާއި، ކޮލިފައިންގ މެޗުތަކުގެ ތާވަލާއި، ބްރޯޑްކާސްޓިންގ އިންތިޒާމުތައް ވިލަރެސްކުރަން ޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު