16 އޮކްޓޫބަރު 2025

"ފެހި ދިރުން އެކްސްޕޯ" ހޮނިހިރު ދުވަހު

ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ޖަނަވާރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން "ފެހި ދިރުން އެސްޕޯ" ގެ ނަމުގައި އެކްސްޕޯއެއް ބާވަން ނިންމައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި އެކްސްޕޯ ފެށޭނީ 18 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގައެވެ.

ފެހި ދިރުން އެސްޕޯގައިދަނޑުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި ސްޓޯލް ތަކާއި، ދިރޭތަކެއްޗާއި ގުޅުންހުރި ސްޓޯލްތަކުގެ އިތުރުން, ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކުގެ ޖަމިއްޔާތަކުންނާއި، ދޫނި ކާނާ އާއި ދޫނީގެ ވިޔަފާރި ކުރާ ފަރާތްތަކުގެ އިތުރުން، އާޓް ކްރާފްޓްގެ މަސައްތަކުގެ ސްޓޯލްތަކާއި،ރާއްޖޭގައި ހައްދާ ތަކެތިން އުފައްދާ ތަފާތު ވައްތަރުގެ ފިނި ބުއިންތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތައްވެސް ހިމެނޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންނާއި ގުޅޭ ސްޓޯލްތަކުން ތަފާތު ގޭމްސްތައް ކުޅެލުމާއިއެކު ތަފާތު ގިފްޓް ތައް ހޯދާލުމުގެ ފުރުސަތުވެސް ލިބޭނެއެވެ. އަދި މި ވުޒާރާގެ ސްޓޯލްތަކުން އެ ވުޒާރާއިން އާންމުކޮށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ހޯދާލުމުގެ ފުރުސަތުތަކާއިއެކު ފޮޓޯ ޝެޝަންތަކާއި ދިރޭތަކެއްޗާއި ގުޅޭ ކުއިޒެއްގެ އިތުރުން ވެސް ތަފާތު ގިނަ ހަރަކާތްތަކެއް "ފެހި އެކްސްޕޯ" ގައި ހުންނާނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު