18 އޮކްޓޫބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: ދަރަޖަތައް އުފުލިދަނީ

*ރާގު! އިސްބަރީ ދުނިޔަމެ،،.،
ދަރަޖަތައް އުފުލިދަނީ މަތިވެރިވީ ތަޤްވާއިން 2
ބަރަކަތާ ދަރުމަލިބުން ފަހިވެދަނީ ތަޤްވާއިން
ރަޙްމަތާ ނިޢުމަތުގައި ދެމިތިބުމަށް ވާގިދެނީ 2
އަހުރަވެތިކަންއެ ހިތެއްގައި އުފެދޭ ތަޤްވާއިން
ޞުލްޙަމަސަލަސްކަމުގައި ދިރިއުޅުމެއް ފަހިވެދަނީ 2
ޚުލްޤުހެޔޮ ރީތިނަމޫނާ އެކުލާ ތަަޤްވާއިން
ފަހިކަމާ ފާގަތިކަން ލިބިދިޔައުން އެކުލެވެނީ 2
ދަހިވެ އެކަމެއްގެމަތީ ދެމިތިބެވޭ ތަޤްވާއިން
ހަމަޖެހޭ ދިރިއުޅުމަށް މަގުފެނި ރާސްތާ ހިފެނީ 2
ޢަމަލުގައި ތެދުވެރިކަންގެންނަ އިތުރު ތަޤްވާއިން
ކަރުނަތައް ނެތިވެ ޙަޔާތެއްފޮނި އާރާސްތުވަނީ 2
ފަރުދުނަށް މަތިވެރިގޮތުގައި ލިބެވޭ ތަޤްވާއިން
ރީތި އުސްލޫތަކާ ރީތި މަކާރިމް ސިފަތައް 2
ރީތި ގަހަނާފަދައިން ލިބެވިދަނީ ތަޤްވާއިން
ދުނިޔެއާ އާޚްރަތައް ތެދުމަގު އަލިއަލި ކޮށެނީ 2
އުނިނުވާހެން އަބަދަށް ދެމިތިބެވޭ ތަޤްވާއިން
14 އޮކްޓޫބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *