18 އޮކްޓޫބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: އެންމެ އަލި ނޫރަށް ސަލާމް

*ރާގު! އިސްތަރަހްތޯޅާ މެރާދިލް،،..
އިސްކަމާ މާތްކަންއަރައިހުރި ސާހިބާއަރިހަށް ސަލާމް
ޢިޝްޤުގައި ހިތްތައްފިދާވާ އެންމެއަލިނޫރަށް ސަލާމް
އަޙްމަދުލްހާދީގެ ނަންފުޅުގައި ވަޑައިގެން ދުނިޔެއަށް 2
ރަޙްމުވެތިކަން އެންމެހެޔޮ ފެތުރުއްވި އިންސާނިއްޔަތަށް
(ފެތުރުއްވި އިންސާނިއްޔަތަށް)
ރަޙްމަތުއްލިލްޢާލަމީނަށް ހެޔޮޞަލާތާއަދި ސަލާމް
އެންމެމަތިވެރި ދަރަޖަފުޅު ލިއްބެވުނު މިޢުރާޖުންއިތުރު 2
އެންމެހައި ޚަލްޤުންކުރެން ލިއްބެވުނު ޝަރަފާއަދި ފަޚުރް
(ލިއްބެވުނު ޝަރަފާއަދި ފަޚުރް)
އެންމެލޮބެތިސާހިބާޔަށް ބަރަކަތާއެކުގައި ސަލާމް
އުންމަތުގެ ޤަދަރާއި ހައިބަތު ދުނިޔެއަށް ފެތުރުއްވިމާތް 2
އުންމަތުގެ ތެދުވެރިއަމީނުގެ ލަޤަބު ލިއްބެވިފައިވިމާތް
(ލަޤަބު ލިއްބެވިފައިވިމާތް)
އުންމަތުގެ ކީރިތި ޝަފީޢަށް ހުސްނުވާ ވެދުމާސަލާމް
16 އޮކްޓޫބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *