18 އޮކްޓޫބަރު 2025

މަނަދޫ އަޒީގެ ޅެންހާރު: ދިމާވާ އެންމެ ބޮޑު ބިރަކީ

.*ރާގު! ނަޖަޓްކޯ ޒުލްފުސޭޕާނީ…..
ހިތުގެއީމާން ބަދަހިނުވުމޭ ދިމާވާ އެންމެބޮޑު ބިރަކީ
ހިތުގެމިޞްރާބު ގެއްލިތިމާގެ ދީނާ ދުރުވެވޭކަމަކީ
ޚިޔާލުތަކާ ފިކުރުތަކުގައި އެޅޭ ކޫރުންތަކާއެކުގައި 2
އިލާހުގެ އަމުރުފުޅުތަކުގައި ނުހިފި ދޫކޮށްލަވޭކަމަކީ
ހިތުގެ ޣާފިލްކަމުގެ ފަރުދާތެރޭން ބޭރަށް ނުނިކުމެވިފައި 2
ހިތުގެ ވަހުމާއި ޝައްކުތަކުން ސަލާމަތްނުވެވިދާކަމަކީ
ހިދާޔަތްލިބި ރަނގަޅުގޮތްއެނގި ހިނގާނޭ މަގުތަކެއްވެސްފެނި 2
ރިދާ ލިބިފައިއޮތަސްމަތިވެރި އެއަށްހިތް ލެނބިނުދާކަމަކީ
އަމާންކަން ދެދުނިޔޭންހޯދަން ލިބޭފުރުޞަތު ނަގާލައިފައި 2
ޒަމާނުގެ އޮއިވަރުގެތެރެއަށް އޮޔާބެހިގެން ދެވޭކަމަކީ
ބިރާނާމާންކަމާކުރިމަތިވެ ހާސްކަން ވެރިވެދާހިނދުގައި 2
ގިރާކޮށް ދާނެމަގު ހޯދަން ދިމާވާ އެންމެ ދަތިކަމަކީ
އިލާހުގެ އެންގެވުން މަތިވެރި ބިލާހެއްފަދަގޮތަށް ދެކެފައި 2
ޚިލާފުވެ ދުނިޔެވީ ޒީނަތްތަކަށް ލެނބިގެން ދެވޭކަމަކީ
15 އިކްޓޫބަރު 2025
*عبدالعزيزقاسم
ލިލީ ނ.މަނަދޫ

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *