22 އޮކްޓޫބަރު 2025
ލ. ގަމުގައި ޓަރޝިއަރީ ހޮސްޕިޓަލެއް އަޅަން އެމްޓީސީސީއަށް؛ 100 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއަށް، ފޮޓޯ: ރައީސް އޮފީސް

ލ. ގަމުގައި ޓަރޝިއަރީ ހޮސްޕިޓަލެއް އަޅަން އެމްޓީސީސީއަށް؛ 100 ހައުސިން ޔުނިޓު އަޅަން އެޗްޑީސީއަށް

ލ.ގަމުގައި ޓަރޝިއަރީ ހޮސްޕިޓަލަކާއި 100 ހައުސިން ޔުނިޓު ހިމެނޭގޮތަށް އެރަށުގެ ތަރައްޤީއަށް މުހިއްމު މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫޢުތަކުގެ މަސައްކަތް، މަޝްރޫޢުގެ ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

މި ރަސްމިއްޔާތުގައި ގަމުގެ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށް، 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަޝްރޫޢު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ޙަވާލުކުރެވުނެވެ.

އަދި 300 މިލިއަން ރުފިޔާގެ އަގުހުރި ގަމު ރީޖަނަލް ހޮސްޕިޓަލް ޓަރޝިއަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި އެރަށުގައި އިތުރު ބަނދަރެއް އެޅުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ވަނީ ޙަވާލުކޮށްފައެވެ.

މީގެއިތުރުން، ލ.ގަސްގަނޑު ފިނޮޅުގައި ރިސޯޓެއް ތަރައްޤީކުރުމަށް ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ވަނީ ޙަވާލުކޮށްފައެވެ. މި ރިސޯޓް ތަރައްޤީކުރެވިގެން ދިއުމާއެކު، އެއަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބި އިޤްތިސާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެކަމަށް ސަރުކާރުން ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު