29 ޑިސެންބަރު 2025

ޣައްޒާގެ ޙާލަތާމެދު ދެރަވޭ، ޣައްޒާއަށް އެހީވުމަށް 100 މިލިއަން ޑޮލަރު ހަމަޖައްސާނަން: ޗައިނާގެ ރައީސް 

ޗައިނާގެ ރައީސް ޝީ ޖިންޕިންގް، ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީއެއް ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.

މި އެހީގެ މަޤްޞަދަކީ އިސްރާޢީލުގެ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާއިން އަރައިގަނެ، ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތަށް އެހީތެރިވުމެވެ.

މި މާލީ އެހީގެ ވައުދު ރައީސް ޝީ ޖިންޕިންގް ވެވަޑައިގަތީ ޗައިނާގެ ބެއިޖިންގގައި ބުރާސްފަތި ދުވަހު ފްރާންސްގެ ރައީސް އެމަނުއެލް މެޚްރޯންއާ އެކު ބޭއްވެވި މަޝްވަރާތަކުގެ ތެރެއިންނެވެ. ޗައިނާއަށް ކުރެއްވި ރައީސް މެޚްރޯންގެ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ މި މުހިއްމު ބައްދަލުވުމާ އެކުގައެވެ.

މަޝްވަރާތަކުގައި ވާހަކަ ދައްކަވަމުން ރައީސް ޝީ ވިދާޅުވީ ދުނިޔެއަށް ދަނީ އިތުރު ނުތަނަވަސްކަމާއި ހަނގުރާމަތަކާ ކުރިމަތިވަމުން ކަމަށެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ހޯދުމަށް ޗައިނާ އާއި ފްރާންސް ގުޅިގެން މަސައްކަތް ކުރާނެކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މި އެހީއަކީ މެދުއިރުމަތީގެ ހަމަޖެހުމަށް ޗައިނާއިން ދެމުންދާ ސަމާލުކަން އިތުރަށް ހާމަކޮށްދޭ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު