ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ 29 ނޮވެމްބަރު 2025 ގައި ފަށައިފިއެވެ.
ދިފާޢީ ވުޒާރާއިން ވިދާޅުވި ގޮތުގައި، މިއީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަށްޓަވާފައިވާ ޤައުމީ މުހިންމު ސިޔާސަތެކެވެ.
ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މި މަރުޙަލާ ފަށާފައިވަނީ ށ. ފުނަދޫ، ރ. އުނގޫފާރު، އދ. މަހިބަދޫ، ލ. ގަން، އައްޑޫ ސިޓީ ހިތަދޫ އަދި މާލެ ސިޓީގައެވެ.
މި މަރުޙަލާގައި ބައިވެރިން އިންޓަރވިއުއާއި، މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓްގެ އިތުރުން ފިޓްނަސް ޓެސްޓްތައް ވެސް ފުރިހަމަކުރާނެއެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ވެސް 350 ބައިވެރިން ހޮވުމަށް ހަމަޖެހިފައިވެއެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ދެވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަރުޙަލާ 29 ނޮވެމްބަރު 2025 ގައި ފެށިއްޖެއެވެ.
މިއީ، ދިވެހި ޤައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް… pic.twitter.com/qIO6dPEoVu
— Ministry of Defence (@MoDmv) December 1, 2025
ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ހޮވުނު 350 ބައިވެރިން މިހާރު ދަނީ ޅ. މާފިލާފުށީގައި ތަމްރީނުތައް ފުރިހަމަ ކުރަމުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ ޙަރަކާތަކީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތައް ގުޅިގެން ހިންގާ ހަރަކާތެކެވެ. މިޚިދުމަތަކީ، ކުރިމަގުގައި އިތުރަށް ފުޅާކުރެވޭނެ ޙަރަކާތަކަށް ވާއިރު، ނެޝަނަލް ސަރވިސްއަށް ޚާއްޞަ ޤާނޫނެއް ވަރަށް އަވަހަށް ތަޢާރަފް ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މިހާރު ރާވާފައިވާގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިވެހި ވަޠަނީ ޚިދުމަތުގެ ގުނަވަނެއްގެ ގޮތުގައި ފަންނީ ތަމްރީން އިފްތިތާޙްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، "ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ" ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން، އެފަރާތްތަކުގެ ޝައުޤާއި، ކޯސްތަކުގެ ޖާގަ ހުރި މިންވަރަށް ބިނާކޮށް، ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުތަކުން އެބައިވެރިންނަށް ފުރުޞަތު ފަހިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.



