މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން އެ އަތޮޅުގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ބަގީއެއް ދިނުމަށް ފާސްކޮށްފިއެވެ.
ރ.އަތޮޅު އަނގޮޅިތީމު ކައުންސިލްގެ ރައީސް ފައިސަލް ނަސީމް ހުށައެޅުއްވި މިކަމާމެދު ގޮތެއް ނިންމާފައިވަނީ ރ.އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރުގެ ،2025 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގައެވެ. ޖަލްސާގައި ބައިވެރިވި 14 މެންބަރުންގެ ތެރެއިން ފެންނަކަމަށް 12 މެންބަރުން ވޯޓް ދެއްވިއެވެ.
މި ނިންމުމުގައި ވާގޮތުން ރ.އަތޮޅު ކައުންސިލް ހިމެނޭހެން ރ.އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށުގެ ކޮންމެ ކައުންސިލަކަށް 10 ޝީޓްގެ ބަގީއެއް ގަތުމަށް 150،000 ( އެއްލައްކަ ފަންސާސް ) ރުފިޔާގެ ކޮންޑިޝަނަލް ގްރާންޓެއް ދިނުމަށް ހަމަޖެހިފައިވެއެވެ.
ރ.އަތޮޅު ކައުންސިލުން ވަނީ އެއަތޮޅު ކްލަބު ޖަމިއްޔާތަކަށްވެސް ފައިސާގެ އެހީދިނުމަށް ނިންމާ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށްވެސް ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި އެއަތޮޅު 10 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.


