87 މިލިއަން ޑޮލަރުގެ އަގެއްގައި ސެމެންޔޯ މެންޗެސްޓަރ ސިޓީއަށް

ގާނާގެ ސެމެންޔޯ 87 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގެ ދަށުން ބޯންމަތް ދޫކޮށް މެންޗެސްޓަރ ސިޓީއާ ގުޅިއްޖެއެވެ.

މި ސީޒަނުގައި 10 ލަނޑު ޖަހައި، އިނގިރޭސި ފުޓްބޯޅައިގެ އެންމެ މޮޅު އެޓޭކަރުންގެ ތެރޭގައި ހިމެނޭ ސެމެންޔޯ ވެގެން ގޮސްފައިވަނީ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓުގައި ޔޫރަޕްގެ މި ގަދަބާރުން ސޮއިކުރުވި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އޭނާ ސިޓީއާ ގުޅުނީ 65 މިލިއަން ޕައުންޑް (87 މިލިއަން ޑޮލަރު) ގެ އަގަކަށް، 2031 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

ދެ އަރިމަތިންވެސް ކުޅުމުގެ ގާބިލުކަން ލިބިފައިވާ އުމުރުން 26 އަހަރުގެ ސެމެންޔޯ އަކީ 10 ލަނޑާއެކު މި ސީޒަނުގެ ޕްރިމިއާ ލީގުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މީގެ އިތުރުން އޭނާ ވަނީ ލަނޑު ޖެހުމަށް ތިން އެސިސްޓްވެސް ކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ