9 ފެބުރުވަރީ 2026
އޮޑި އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: އަދަދު ސްޕޯޓްސް

ފަހު ވަގުތު ޖެހި ގޯލުން އޮޑި މޮޅުވެއްޖެ

މެޗުގެ ފަހު ވަގުތު ޖެހި ގޯލުން އޮޑި ސްޕޯޓުން ދިރާގު ދިވެހިލީގުގައި ކުޅުނު މެޗުން މޮޅުވެއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ގްރީން ސްޓްރީޓް އާ ބައްދަލުކޮށް އޮޑި މޮޅުވީ 2 ލަނޑު 1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި އެއްވަރުގެ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ ގްރީން ސްޓްރީޓުންނެވެ. 48 ވަނަ މިނެޓްގައި އެޓީމުގެ ކުޅުންތެރިޔެއް ތިރިތިރިން ހުރަސްކުރި ބޯޅައަކުން ގްރީންގެ މިސްރުގެ ފޯވާޑް އަލްސައީދުއެވެ.

ދެވަނަ ހާފުގައި އޮޑި ކުރިޔަށް ޖެހިގެން ގޯލެއް ޖެހޭތޯ ކުރި މަސައްކަތުން 68 ވަނަ މިނެޓްގައި އެ ޓީމުން ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. އޮޑީގެ ޑިފެންޑަރ އަހްމަދު އައިހަމް ( އައިހު ) ގްރީން ގެ ޕެނަލްޓީ އޭރިއާގެ އެއް ފަރާތުން ބޭރުން ހުރަސްކުރި ބޯޅަ ގްރީންގެ ކީޕަރ ބޯ މަތުން ގޮސްވަނީ ގޯލު ތެރެޔަށެވެ. އޮޑި މޮޅުވި ގޯލަކީވެސް އެ ޓީމުގެ ސާމިރު ގްރީން ގެ ޕެނަލްޓީ އޭރިޔާގެ އެއް ފަރާތުން ފޮނުވާލި ހިލޭ ޖެހުމަކުން ކާމިޔާބު ކުރި ގޯލެކެވެ. އެއީ މެޗުގެ 88 ވަނަ މިނެޓްގައެވެ.

މި ނަތީޖާއާ އެކު 14 މެޗުން 32 ޕޮއިންޓާއެކު އޮޑި އޮތީ ތާވަލްގެ 2 ވަނައިގައެވެ. އަދި 8 ވަނައިގައި ގްރީން އޮތީ 8 ޕޮއިންޓާއެކުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު