އެފްރިކަން ކަޕް އޮފް ނޭޝަންސް 2026 ގެ ފެވްރިޓެއް ގޮތުގައި މުބާރާތަށް އައި ނައިޖިރިޔާ ކަޓުވާލުމަށްފަހު ، މުބާރާތް ބާއްވާ މޮރޯކޯ ފައިނަލަށް ދަތުރުކޮށްފިއެވެ. މޮރޮކޯގެ ރަބާތުގެ ޕްރިންސް މައުލީ ޢަބްދުﷲ ސްޓޭޑިއަމްގައި ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލުން މޮރޮކޯ މޮޅުވީ ޕެނަލްޓީ ޖަހައިގެން 4-2 އިންނެވެ.
65000 ހާސް ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މި މެޗުގައި މޮރޮކޯއިން ވަނީ ގިނަ ހަމަލާތަކެއް ނަޖީރިއާ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް މި ހަމަލާތައް ދިފާއުކުރުމުގައި ނައިޖީރިއާ ކީޕަރު ވަނީ އޭނާގެ ހުޝިޔާރުކަން ދައްކާ ދީފައެވެ. މުޅި މެޗުގައިވެސް ނައިޖީރިއާ އަށް މޮރޮކޯ ގޯލަށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ.
90 މިނެޓް ކުޅެ ނިމުނުއިރު ، ދެ ޓީމު އެއްވަރުމުން ދެން ކުޅުނު އިތުރު ވަގުތުގެ 30 މިނެޓްގައިވެސް ދެ ޓީމަށް ގޯލެއް ޖެހިފައިނުވެއެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ނައިޖީރީއިން ޖެހި 4 ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ވަނީ ވޯލްޑްކަޕްގައިވެސް މޮޅު ކުޅުމެއް ދެއްކި މޮރޮކޯ ކީޕަރ ބޯނޯ މަތަކޮށްފައެވެ. އަދި މޮރޮކޯ އިން ފޮނުވާލި 5 ޕެނަލްޓީން 1 ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ.
މިއީ 2004 ވަނަ އަހަރަށް ފަހު މި މުބާރާތުގެ ސެމީ ފައިނަލަށް މޮރޮކޯ ދިޔަ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފައިނަލް ކުޅެވޭނީ މި ޖެނުއަރީ މަހުގެ 18 ވާ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00ގައެވެ. މޮރޮކޯއާ ދެކޮޅަށް ފައިނަލްގައި ވާދަކުރާނީ 2021 ވަނަ އަހަރުގެ ޗެމްޕިއަން ސެނެގޯލެވެ. ސެނެގޯލު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި 1-0 އިން މިސްރު ބަލިކުރުމަށްފައެވެ.
މި މުބާރާތުގެ ތިން ވަނަ ހޮވާ މެޗު އޮންނާނީ 17 ވަނަ ދުވަހުއެވެ. ބައްދަލުކުރާނީ ނައިޖީރިއާ އާއި މިސްރެވެ.



