9 ފެބުރުވަރީ 2026

ކޮޕަޑެލްރޭ ކަޕުން ރެއާލް ކަޓައިފި

އެންމެން ހައިރާންކޮށްލާފައި ސްޕެއިންގެ ފުޓްބޯޅައިގެ ގަދަބާރު ރެއާލް މެޑްރިޑް ކޮޕަޑެލްރޭ އިން ކަޓުވާލާ ކްއާރޓަރ ފައިނަލުން އަލްބަސެޓި ޖާގަ ހޯދައިފިއެވެ. ބުދަ ދުވަހުގެ ރޭ އަލްބަސެޓި ދަނޑުގައި ކުޅުނު މެޗުން އެޓީމު މޮޅުވީ ފަހު 3 ލަނޑު 2 ލަނޑުންނެވެ.

ފުރަތަމަ ހާފުގެ 42 ވަނަ މިނެޓްގައި އަލްބަސެޓިއަށް ލިބުނު ކޯނަރަކުން އެ ޓީމުގެ ފޯވާޑް ބޮލުން ޖަހާ އެ ޓީމަށް ލީޑު ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފު އިތުރު ވަގުތުގައި ރެއާލް މެޑްރިޑްގެ ފްރެންކޯ މަސްޓަންތުއާނޯ ގޯލެއް ޖަހާ ހަމަހަމަ ކުރިއެވެ. މި ހާފުގައި ރެއާލަށް ލިބުނު ގިނަ ފުރުސަތުތައް ވަނީ ބޭކާރުވެފައެވެ.

ޒަބީ އަލަންސޯ ކޯޗްކަމުން އިސްތިއުފާ ދިނުމުން ކޯޗުކަމާ ހަވާލުވި އަލްވާރޯ އަރްބެލާއޯ ވަނީ މި މެޗަށް މުހިއްމު ގިނަ ކުޅުންތެރިންތަކެއް ސްކޮޑުން އުނިކޮށްފައެވެ. ދެވަނަ ހާފުގައިވެސް ފެނުނީ ރެއާލް މެޑްރިޑް ގެ ގިނަ ހަމަލާތަކެވެ. ނަމަވެސް މި ހާފުގައިވެސް ފުރަތަމަ ގޯލު ޖެހީ އަލްބަސެޓިންނެވެ. 82 ވަނަ މިނެޓްގައި އެޓީމުން ގޯލެއް ޖަހާފައިވަނިކޮށް އަނެއްކާވެސް އިތުރު ވަގުތުގައި ރެއާލް މެޑްރިޑްގެ ގޮންޒާލޯ ގާސިއާ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގައި ބަދަލު ރެފްރީ ދެއްކީ ހަތަރު މިނެޓެވެ. މިދިޔަ އަހަރުގެ މި މުބާރާތުގެ ރަނައަޕް ރެއާލް މެޑްރީޑު މުބާރާތުން ކަޓުވާލި ގޯލު އަލްބަސެޓިގެ ކުޅުންތެރިޔާ ޖެހީ އެންމެ ފަހު މިނެޓްގައެވެ.

އަލްބަސެޓީއަކީ ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި ކުޅެމުންދާ ޓީމެކެވެ. 22 ޓީމު ވާދަކުރާ ސްޕެއިންގެ ދެވަނަ ޑިވިޝަންގައި އަލްބަސެޓީ އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު