9 ފެބުރުވަރީ 2026

ލަންޑަންގެ ގަދަ ދެބާރުގެ މެޗުން ކުރި ހޯދީ އާސެނަލް

އިނގިރޭސި ކަރަބައޯ ކަޕްގައި ލަންޑަންގެ ގަދަ ދެބާރު ވާދަކުރި މެޗުން ކުރި ހޯދާ ފައިނަލްގެ އުއްމީދު އާސެނަލުން އާކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ޗެލްސީ ދަނޑު ސްޓެމްފޮޑް ބްރިޖުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ 3 ލަނޑު ދެ 3 ލަނޑުންނެވެ.

މެޗުގެ ފުރަތަމަހާފުގައި ފެނުނީ ހަމަ އެކަނި އާސެނަލްގެ ބެން ވައިޓް ޖެހި ގޯލެވެ. މި ގޯލު ޖެހީ ކޯނަރުތަކުން ގޯލު ޖެހުމަށް ފަރިތަ އާސެނަލް އަށް 7 ވަނަ މިނެޓްގައި ލިބުނު ކޯނަރަކުންނެވެ. ދެވަނަ ހާފު ފަށައިގެން އިރުކޮޅެއް ތެރޭގައި 48 ވަނަ މިނެޓްގައި ޔޮކެރެސް ގޯލެއް ޖަހާ އާސެނަލްގެ ލީޑު ފުޅާކުރިއެވެ. ޗެލްސީން ފުރަތަމަ ގޯލު ޖެހީ ބަދަލު ކުޅުންތެރިޔަކަށް އެރި ގްނާޗޯއެވެ. މި ގޯލު ޖެހީ 57 ވަނަ މިނެޓްގައެވެ. ޗެލްސީއަށް އިތުރު ފުރުސަތެއް ނުދީ އާސެނަލުން އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. މި ގޯލު 71 ވަނަ މިނެޓްގައި ޖެހީ ޒެބެމެންޑީއެވެ.

މެޗު ނިމުމުގެ ކުރިން އާސެނަލްގެ ލީޑު ފަރަގު ކުޑަކުރީ 83 ވަނަ މިނެޓްގައި ޗެލްސީގެ ގްނާޗޯ ޖެހި ގޯލުންނެވެ.

ކަރަބައޯ ކަޕުގެ ސެމީ ފައިނަލް ދެވަނަ ލެގު އޮންނާނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފެބްރުއަރީމަހު 3 ވަނަ ދުވަހުއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު