ރާއްޖެ ބޭނުންވަނީ 3 މެޗުން 6 ޕޮއިންޓް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރި ފޯރިގަދަ މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ތައިލެންޑްގެ ނޮންތަބުރި ސްޑޭޑިއަމްގައި އަންގާރަ ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ މޮޅު ކުޅުމެއް ދައްކައި އިންޑިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ. މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން މުޙައްމަދު (އިންމި) އެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުންތެރިން ވަނީ އިތުރަށް ކުޅުން ވަރުގަދަކޮށް، އިންޑިއާގެ ގޯލަށް އިތުރު 4 ލަނޑު ފޮނުވާލާފައެވެ. މި ހާފުގައި ކެޕްޓަން އިންމި އިތުރު ލަނޑެއް ޖެހިއިރު، ދެން ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. ރާއްޖޭގެ ފަސްވަނަ ލަނޑު ޖަހައިދީ ނަތީޖާ ކަށަވަރުކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

މި މޮޅާއެކު ރާއްޖެ މިހާރު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު މެޗުތަކުން ޖުމްލަ 9 ޕޮއިންޓް ހޯދައިގެންނެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ރާއްޖެއަށް ދެން ބޭނުންވަނީ ކުރިއަށް އޮތް 3 މެޗުން 6 ޕޮއިންޓެވެ.

ރާއްޖޭގެ ޓީމުން މި މުބާރާތުގައި ދެން ކުޅޭ މެޗު އޮންނާނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ރާއްޖެ ނިކުންނާނީ ނޭޕާލާ ދެކޮޅަށެވެ. މި މުބާރާތުގައި ރާއްޖޭގެ ފިރިހެން ފުޓްސަލް ޤައުމީ ޓީމުގެ ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުމަށް ގިނަ ބައެއްގެ ތައުރީފު އަންނަނީ ލިބެމުންނެވެ.

އެގޮތުން ފުރަތަމަ މެޗުގައި ޕާކިސްތާނު ކޮޅަށް 7 ގޯލު ޖަހާ ދެވަނަ މެޗުގައި ބަންގްލަދޭޝް ކޮޅަށް ވަނީ 6 ގޯލު ޖަހާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ